ޚަބަރު

ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރަށް އުދައަރައިފި

މިއަދުގެ ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރަށް އުދައިގެ އަސަރުކޮށްފިއެވެ. އުނގޫފާރުގެ ވަށައިގެން ހުރިހާ ދިމާއަކުން ވެސް އުދަ އަރާފައި ވާއިރު ބޮޑަށް އުދައިގެ އަސަރުކޮށްފައި ވަނީ ހުޅަނގު ފަރާތާއި، ހުޅަނގު ދެކުނު އަދި ހުޅަނގު އުތުރު ފަރާތަށެވެ.

މިއަދު އެންމެ ރާޅު ބޮޑުވި ވަގުތު އުނގޫފާރުގެ ހުޅަނގު ދެކުނު ފަރާތުގެ ހޭޅިފަށުގެ ގަސްތަކާ ހިސާބަށް ވަނީ ރާޅު އަރާ އުދައިގެ އަސަރުކޮށްފައެވެ. އަދި ހުޅަނގު އުތުރު ފަރާތުގެ ބޭރު މަގަށް ވަނީ ރާޅު އަރާފައެވެ. ރާޅު އެރުމުގެ ސަބަބުން ހޭޅި ފަށާއި ބޭރު މަގުގައި ކޮންމެސް ވަރަކަށް ވަނީ ފެންހެދިފައެވެ. މީގެ އިތުރުން އުނގޫފާރު އިރުމަތީ ފަރާތުން ހޭޅިފަށުގެ ގަސްތަކާ ހިސާބަށް ވަނީ އުދަ އަރާފައެވެ.

ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރަށް އުދައިގެ އަސަރުކޮށްފައި

މިއަދު އެންމެ ދިޔަވަރު ބޮޑުވެފައި ވަނީ ހެނދުނު 11:00 ހާއިރުއެވެ. މި ގަޑީގައި ދިޔަވަރު 1.4 މީޓަރަށް ބޮޑުވެފައިވާ ކަމަށް ލަފާކުރެވެއެވެ. އަދި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް 1.4 އަކާއި 1.5 މީޓަރާ ދެމެދުގެ އުސްމިނަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވިފައި ވާތީ މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް އުދަ އަރާނެ ކަމަށް ބެލެވެއެވެ.

ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރުގެ ހުޅަނގު އުތުރު ފަރާތު ބޭރު މަގަށް އުދައިގެ އަސަރުކޮށްފައި

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށް ވެފައި ރާޅު ބޮޑުވެ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރ އުދައިގެ އަސަރުކޮށްފައި
ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރ އުދައިގެ އަސަރުކޮށްފައި
ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރ އުދައިގެ އަސަރުކޮށްފައި
ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close