ޙަބަރު

އިންނަމާދޫގައި އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު ރައްޔިތުން ނިކުމެ ހޯދައިފި

އިންނަމާދޫގައި އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު އެ ރަށު ރައްޔިތުން ނިކުމެ ހޯދައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފިލާފައި ވަނީ އެ ރަށު ޑެއިޒީމާގެ، ހުސެއިން ސާމިރުއެވެ.

މަޢުލޫމާތު އިނގޭ މީހަކު އުނގޫފާރު.ކޮމް އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާ މަރުވާނެ ކަމަށް ބުނެ ފިލާފައި ވަނީ މާލެ ދާން އެޅުމުން އާއިލާއި,ން އެކަމާ ދެކޮޅު ހެދުމުން އުފެދުނު މައްސަލައެއްގެ ތެރެއިންނެވެ. އެ ޒުވާނާ އަކީ މަސްތުވާތަކެތީގެ މައްސަލާގައި އެކި ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަން މިހާރު އިންނަމާދޫ ކައުންސިލުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާ ހޯދުމަށް ރަށުގެ ރައްޔިތުން ނިކުމެ ވަލުތެރެއާ ތަންތަން ވަނީ ބަލާފައެވެ. އިންނަމާދޫ އިން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި އޭނާ ފެނިފައި ވަނީ އެރަށު ވަލުތެރެއިންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close