ޚަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއެކު ފަސް ހޮސްޕިޓަލެއް މަތީފެންވަރުގައި ތަރައްގީ ކުރަން ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އަތޮޅުތަކުގެ އެކި ސަރަހައްދުތަކުން މާލެ ސަރަހައްދުގެ ހޮސްޕިޓަލަތަކަށް ހިދުމަތް ހޯދަން އަންނަ އައުން މަދު ކުރަން މާލެ އާއި އެއް ފެންވަރުގައި އަތޮޅުތަކުގެ ފަސް ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު އަތޮޅު ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހޮސްޕިޓަލުތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ސަރުކާރުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފަސް ހޮސްޕިޓަލުން ރަނގަޅު ހިދުމަތް ދޭން ފެށުން ކަމަށެވެ.

“އޭގެ [ފަސް ހޮސްޕިޓަލު ތަރައްގީ ކުރުމުގެ] މާނައަކީ އެ ހޮސްޕިޓަލްތައް ހުރި ސަރަހައްދުން އެ ހޮސްޕިޓަލުތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތަހުލީލު ކުރެވޭނެ ގޮތްތަކާއި އަދި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހޭނޭ… އިތުރަށް މިހާރު އާންމުކޮށް އެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުން މާލެއަށް އަންނަ ޖެހެނީ ކޮން ސަބަބުތަކާ ހުރެކަން ބަލައި އެ ކަންތައްތައް ހައްލު ކުރާނެ،” އަމީން ވިދާޅުވި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގެތެރެއިން މިހާރުވެސް އެއްމެ ގިނަބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close