ޚަބަރުރ.އަތޮޅުދީން

ޤްރުއާން ކިޔެވުމުގެ ރ އަތޮޅު މުބާރާތުގައި އުނގޫފާރު ތަމްސީލުކުރާނެ ބައިވެރިން ހޯދުމަށް އިއުލާނު ކޮށްފި

އުނގޫފާރު ކައުންސިލް

އަންނަ ސެޕްޓެމްބަރ 3 ގައި އުނގޫފާރު ގައިބޭއްވުމަށް ހަމަޖެހިފައިވާ ޤްރުއާން ކިޔެވުމުގެ ރ. އަތޮޅު މުބާރާތުގައ އުނގޫފާރު ތަމްސީލް ކުރާނެ ބައިވެރިން ހޯދުމަށް އުނގޫފާރު ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމަށް އެދި އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އުނގޫފާރުގައި ބާއްވާ މިމުބާރާތުގައި އުނގޫފާރު ތަމްސީލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރުމަށްފަހު  25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އުނގޫފާރު ކައުންސިލަށް ހުށައަޅަން ޖެހެއެވެ.

މިމުބާރާތުގައި ރ. އަތޮޅުގެ ކޮންމެ ރަށަކަށްވެސް ދީފައިވަނީ 6 ޖާގައެވެ. އުނގޫފާރަށް ލިބިފައިވާ ޖާގައަށް ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށްއެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ އޮޑިޝަނުން ނެވެ.

ރ. އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައި ހިމެނެއެވެ. މި ގޮތުން ބަލައިގެން ކިޔެވުމުގެ ބައިގާ ހިމެނޭ މުޤައްރަރުތަކަކީ ވިދިވިދިގެން 10 ފޮތް ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުން، ވިދވިދިގެން 20 ފޮތް ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުން، އަދި މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުމުވެ. ނުބަލާ ކިޔެވުމުގެ ބައިގާ ހިމެނޭ މުޤައްރަރުތަކަކީ ވިދިވިދިގެން 5 ފޮތް، ވިދިވިދިގެން 10 ފޮތް އަދި ވިދިވިދިގެން 15 ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުމެވެ.

އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތުގައި ރ.އަތޮޅުގެ ހުރިހާ ރަށަކުން ވާދަކުރާ އިރު މި ޤުރްއާން މުބާރާތުން ހޮވާލެވޭ ކުދިން ވާދަކުރާނީ މާލޭގައި އޮންނަ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close