ޚަބަރު

މިއަދުވެސް އުނގޫފާރަށް އުދަ އަރައިފި

މިއަދުގެ ދިޔަވަރު ބޮޑުވި ވަގުތު އުނގޫފާރަށް އުދައިގެ އަސަރުކޮށްފިއެވެ. އުނގޫފާރަށް އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް އުދަ އަރާފައިވެއެވެ.

އުނގޫފާރުގެ ވަށައިގެން ހުރިހާ ދިމާއަކުން ވެސް އުދަ އަރާފައި ވާއިރު ބޮޑަށް އުދައިގެ އަސަރުކޮށްފައި ވަނީ ހުޅަނގު ފަރާތާއި، ހުޅަނގު ދެކުނު އަދި ހުޅަނގު އުތުރު ފަރާތަށެވެ.

މިއަދު އެންމެ ރާޅު ބޮޑުވި ވަގުތު އުނގޫފާރުގެ ހުޅަނގު ދެކުނު ފަރާތުގެ ހޭޅިފަށުގެ ގަސްތަކާ ހިސާބަށް ވަނީ ރާޅު އަރާ އުދައިގެ އަސަރުކޮށްފައެވެ. އަދި ހުޅަނގު އުތުރު ފަރާތުގެ ބޭރު މަގަށް ވަނީ ރާޅު އަރާފައެވެ. ރާޅު އެރުމުގެ ސަބަބުން ހޭޅި ފަށާއި ބޭރު މަގުގައި ކޮންމެސް ވަރަކަށް ވަނީ ފެންހެދިފައެވެ. މީގެ އިތުރުން އުނގޫފާރު އިރުމަތީ ފަރާތުން ހޭޅިފަށުގެ ގަސްތަކާ ހިސާބަށް ވަނީ އުދަ އަރާފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށް ވެފައި ރާޅު ބޮޑުވެ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close