ރ.އަތޮޅު

އުނގޫފާރު ފަޅުގެ ބޭރު ތޮއްޓަށް ލޯންޗެއް އަރައިފި

އުނގޫފާރު ފަޅުގެ ބޭރުތޮއްޓަށް ލޯންޗެއް އަރައިފިއެވެ. މި ލޯންޗަކީ އުނގޫފާރު ވެސްޓްބީޗް ރެސްޓޯރަންޓުގެ ވެރިޔާ ޙަސަން މޫސާގެ ކެރީމީ ނަމަކަށް ކިޔާ ލޯންޗެކެވެ. މި ލޯނޗު އުނގޫފާރު ފަޅުގެ ބޭރު ތޮށިގަނޑަށް އަރާފައި ވަނީ އުނގޫފާރުން ފުރައިގެން ޖޯލި މޯލްޑިވްސް ރިސޯޓަށް ދާން ފަޅުން ނިކުއިން ވަގުތު ނެރުމަތީގައި އިންޖީނު ހުއްޓިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާގައި ލޯންޗުން ދަތުރު ކުރި ދިވެއްސަކާއި 2 ބިދޭސީންނަށް ވަނީ އަނިޔާ ލިބިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މި 3 މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ރައްޔިތުން ނިކުމެ ލޯންޗު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ގޮތުން ލޯންޗު މިހާރު ވަނީ އުނގޫފާރު ފަޅުތެރެއަށް ވައްދާފައެވެ.

ލޯންޗުގެ ކެއްޕި އަބްދުލް މަތީން އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ޑިންގީއެއްގައި ބަނދަރަށް ބާލަނީ

ލޯންޗުން ޖުމްލަ ދަތުރުކޮށްފައި ވަނީ 6 މީހުންނެވެ. އެއީ ދިވެއްސަކާއި، ބަނގުލަދޭޝް  2 މީހުންނައި ތުރުކީގެ 3 މީހުންނެވެ. މީގެ ތެރެއިން ދިވެހި މީހާ އަކީ ލޯންޗުގެ ކައްޕިއެވެ.

އުނގޫފާރު ކެރީމީ ލޯންޗު އުނގޫފާރު ފަޅުގެ ބޭރު ތޮއްޓަށް އަރާފައި

15:46  ލޯންޗު ފަޅަށް ވެއްދުމަށް ފަހު ލޯންޗު އެހެލުމުގެ މަސައްކަތް އުނގޫފާރު ރައްޔިތުން މިހާރު އަންނަނީ ކުރަމުންނެވެ. އުނގޫފާރު ނެރުމައްޗަކީ މީގެ ކުރިން ވެސް ހުޅަނގު މޫސުމުގައި މިކަހަލަ އެތައް ހާދިސާއެއް ހިނގާފައިވާ ތަނެކެވެ. އެ ގޮތުން އުނގޫފާރު ނެރުން ވަންނަން އުޅޭ އުޅަނދު ފަހަރު ނެރުފައިކައްޓަށް އެރުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ.

އުނގޫފާރު ކެރީމީ ލޯންޗު އެހެލުން – ފޮޓޯ: އެމްޑީ
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close