ޚަބަރުރ.އަތޮޅު

އަނގޮޅިތީމުގައި އަރަބި ދަސްކޮށްދޭ ކޯހެއް ފަށައިފި

އަނގޮޅިތީމުގައި އަރަބި ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. މިއަދު ފެށި  މި ކޯހަކީ އަނގޮޅިތީމް ސްކޫލްގެ ބެލެނިވެރިންނަށް ޙާސަކޮށްގެން 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޭސިކް އަރަބި ކޯހެކެވެ.

އަނގޮޅިތީމު ކުރިމަގު ރޫޙް (އާކުރި) ޖަމިއްޔާ އާއި އެ ރަށު ސްކޫލްގެ ޕީޓީއޭ ގުޅިގެން ކުރިއަށް ގެންދާ މި ކޯހުގައި ޖުމްލަ 40 ބައިވެރިން ބައިވެރިވެފައިވެއެވެ. އާކުރި ޖަމިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި މި ކޯހުގެ މަޤުސަދަކީ އަނގޮޅިތީމްގެ ބެލެނިވެރިންނަކީ ޢަރަބި ބަސް ދަންނަ ޢަރަބި ބަހަށް ލޯބި ކުރާ އަދި ދަރިންނަށް ޢަރަބި ބަސް އުންގަންނައިދޭ ބަޔަކަށް ހެދުމެވެ.

އަނގޮޅިތީމް އާކުރި ޖަމިއްޔާއިން އިސްނަގައިގެން މީގެ ކުރިން ވެސް ވަނީ އެ ރަށުގައި ތަފާތު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close