ޚަބަރުރ.އަތޮޅުތިމާވެށި

ފެންދޭ ނިޒާމް ޤާއިމްކުރާ ރަށެއްގެ ގޮތުގައި ފައިނު ހަމަޖެހިއްޖެ

ފައިނު ކައުންސިލް

ފެންދޭ ނިޒާމް ޤާއިމްކުރާ ރަށެއްގެ ގޮތުގައި ފައިނު ހަމަޖެހިއްޖެ ކަމަށް އެކައުންސިލުން ބުނެފިއެވެ. ފައިނުކައުންސިލުން މިކަން ހާމަކޮށްފައިވަނީ އެކައުންސިލުގެ ވެބްސައިޓްގައި އާއްކުމޮށްފައިވާ ހަބަރެއްގައެވެ.

އެހަބަރުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމުގައި ޒަމާނާއި އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމް (ރާއްޖެއާއި ގުޅޭގޮތަށް އެކުލަވާލެވޭ ޑްރިފް އިރިގޭޝަން ސިސްޓަމް) ގާއިމުކުރާ ރަށެއްގެ ގޮތުގައި އެރަށް ހަމަޖެހިފައިވާ ކަމަށެވެ، އަދި ފައިނުގައި މިކަން ކުރުމަށް ހަމަޖެހުނީ މިކަމަށް އެދި ފައިނު ކައުންސިލުން ހުށަހެޅި ހުށަހެޅުން ކާމިޔާބުވުމުން ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ފެންދޭ ނިޒާމް ޤާއިމް ކުރާ ދަނޑެއްގައި 5000، 7000 ނުވަތަ 10000 އަކަފޫޓް ހުންނާނެއެވެ. މަޝްރޫޢު ރޭވިފައިވަނީ މަދުވެގެން 10 ދަނޑުވެރިންނަށް ބޭނުން ކުރެވޭގޮތަށް ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައި ދަނޑުތަކުގެ އިންތައް ވަކިކޮށް އެދަނޑުތަކުގައި ފެންދޭ ނިޒާމް ޤާއިމް ކުރާގޮތަށް ކަމަށް ކައުންސިލުގެ ވެބްސައިޓްގައި ބުނެފައިވެއެވެ. އަދި މިމަޝްރޫއުގެ ދަށުން ދަނޑުތައް ޑިޒައިން ކޮށްދީ އެދަނޑުތަކަށް ފެންދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކޮށްދެވޭނެ ކަމަށާއި މީގެ އިތުރުން ޤާއިމް ކުރާ ވަސީލަތްތައް ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރާނެގޮތުގެ ފަންނީ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުންވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނެ ކަމަށް އެހަބަރުގައި ބުނެފައިވެއެވެ.

ފައިނަކީ ދަނޑުވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ރަށެކެވެ. ފައިނުގައި އާއްމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރައާއި ބަރަބޯ މިރުސް އަދި ކިއުކަމްބާ ފާހަގަކޮށްލެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close