ޚަބަރުރ.އަތޮޅު

އަލިފުއްޓާއި ހުޅުދުއްފާރުގެ މަގު ހެދުމުގެ މަސައްކަތަށް ކޮންސަލްޓެންޓުން ހޯދަނީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ރ. އަލިފުއްޓާއި ރ. ހުޅުދުއްފާރުގެ މަގުހެދުމުގެ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި މިދެރަށް ހިމަނާފައިވަނީ ޕެކޭޖް 2 ގައެވެ. ކޮންސަލްޓެންޓުން ހޯދަން އިއުލާން ކޮށްފައިވާ ފުރަތަމަ ޕެކޭޖްގައި ހިމެނޭ ރަށްތަކަކީ ލ. ގަން، ތ. ތިމަރަފުށި، ތ. ގުރައިދޫ އަދި ގދ. ގައްދޫއެވެ. ދެވަނަ ޕެކޭޖްގައި ރ. ހުޅުދުއްފާރު، ރ. އަލިފުށީގެ އިތުރުން ދެން ހިމެނޭ ރަށްތަކަކީ ހއ. ކެލާ،  އަދި މ. މުލަކުއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ސާރވޭ، ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެންޑަރ ޑޮކިއުމަންޓްސް، ޓެކްނިކަލް ސްޕެސިފިކޭޝަން، ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުން ހިމެނޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ މަހު ރ. ދުވާފަރު އަދި ރ. އުނގޫފާރުގެ މަގުހެދުމުގެ ނުނިމިހުރި މަސައްކަތްތައްވެސް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ. އަދި އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލެއް ގެންނަން ނިންމާފައިވާ ކަން އެ މަޝްރޫއު މިހާރު ހަވާލުކޮށްފައިވާ އެމްޓީސީސީން ދާދި ފަހުންވަނީ ހާމަކޮށްފައެވެ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close