ޙަބަރު

މިއަދަކީ ކުލަބު ޔޫތު ސްތާރގެ 24 ވަނަ އަހަރީ ދުވަސް

މިއަދަކީ އުނގޫފާރުގެ 2 ވަނަ އަށް އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ، ކުލަބު ޔޫތު ސްޓާރގެ 24 ވަނަ އަހަރީ ދުވަހެވެ. އެހެން ކަމުން މިއަދުގެ މުނާސްބަތުގައި އުފާގެ ފަރާތުން ކުލަބު ޔޫތު ސްޓާރ އަށް އަހަރީ ދުވަހުގެ ތަހުނިޔާއާ މުބާރިކުވާދީ ފޮނުވަމެވެ. އަދި ކުލަބު ޔޫތު ސްޓާރ އަށް ކުރިއެރުމާއި ފާގަތި މުސްތަޤުބަލެއް މިންވަރު ކުރުމަށް އެދި ދުޢާކުރަމެވެ.

ކުލަބު ޔޫތު ސްޓަރ އިން އުފާ ހިމެނޭ ގޮތުން އުނގޫފާރުގައި އުފެދިފައިވާ އަނެއް 2 ޖަމިއްޔާއާ އާ ވެސް ވަރަށް ޤާތުން މަސައްކަތް ކުރައްވާ އެކި ކަންކަމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި އުފާގެ ފަރާތުން ޝުކުރު އަދާކުރަމެވެ.

25 ޖޫން 1995 ގައި އުފެއްދި މި ޖަމިއްޔާ އުފެދުނީއްސުރެ އުނގޫފާރުގެ ކުރިއެރުމަށާއި، ކުޅިވަރަށާއި ތަޢުލީމަށާއި، އިޖުތިމާއީ ގޮތުންނާއި އަދި އެހެނިހެން ގޮތް ގޮތުން އަގު ނުކުރެވޭ ޚިދުމަތްތަކެއް އަންނަނީ ކުރަމުންނެވެ. 24 ވަނަ އަހަރު ފުރި ރިހި ޔޫބިލްއަކާ ދިމާއަށް މިސްރާބު ޖަހާއިރު އުނގޫފާރުގެ ތަރައްޤީގައި ކުލަބު ޔޫތު ސްތާރގެ ޙިއްސާ ވަރަށް ބޮޑެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close