ރަށު ކުޅިވަރުކުޅިވަރު

ސެމީ ފައިނަލްގެ ފަހު ޖާގަ ސީބީސީ އިން ހޯދައިފި

އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އުނގޫފާރު މުއައްސަސާތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ފުޓްސަލް މުބާރާތް ޕޮލިސް ޔޫތު ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލްގެ ފަހު ޖާގަ ސީބީސީ ކޮމްބިނޭޝަން އިން ހޯދައިފިއެވެ. އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި، ބީއެމްއެލް އުނގޫފާރު ބުރާންޗު އަދި އުނގޫފާރު ކޮމިއުނިޓީ ސެންޓާރ އެކުވެގެން އުފައްދާފައިވާ މި ޓީމުން މި މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ ރޭ އުނގޫފާރު ކައުންސިލް ރިކުރިއޭޝަން ކުލަބާ ވާދަކޮށް 5-1 ން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ސީބީސީ އަށް ސިންދުބާދު ވާފިރު ވަނީ 2 ލަނޑު ކާޔާބުކޮށްދީފައެވެ. ސީބީސީގެ އަނެއް 3 ލަނޑު ކާމިޔާބު ކުރީ މުޙައްމަދު ލިފުސާން، އަބުދުﷲ ޔާސިރު އަދި އަހުޒާމް ހާލީމެވެ. މި މެޗުގައި އުނގޫފާރު ކައުންސިލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މުރުޠަލޯއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސިންދުބާދު ވާފިރުއެވެ. މި ނަތީޖާ އަކު ސީބީސީ ވަނީ ގުރޫޕު އޭ ގެ 2 ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކޮށްފައެވެ. މި ގުރޫޕިގެ 1 ވަނަ ގޮތުގައި ސެމީގަ ޖާގަ ހޯދާފައި ވަނީ ރ.އަތޮޅު ކައުންސިލްގެ ރިކުރިއޭޝަން ކުލަބެވެ.

ޕޮލިސް ޔޫތު ފުޓްސަލް ކަޕް 2019 – އުނގޫފާރު ކައުންސިލް ރިކުރިއޭޝަން ކުލަބު އަދި ސީބީސީ ކޮމްބިނޭޝަން ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާ، ސީބީސީގެ ސިންދުބާދު ވާފިރު – ފޮޓޯ: މުޙައްމަދު ފަޒްލީން (އެމްޑީ)

އަނެއްކޮޅުން ގުރޫޕު ބީގެ ފަހު މެޗުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހޭހަން އާއި އުނގޫފާރު ސްކޫލްގެ މަންހަޖު ރޭ ވާދަކުރިއެވެ. މި ގުރޫޕުގެ 1 ވަނަ އަދި 2 ވަނަ ކަނޑައެޅިގެން ދިޔަ މި މެޗު 4-1 ން ކާމިޔާބު ކުރީ ރީޖަނަލް ހޮސްޕިޓލްގެ ޓީމެވެ. މި މެޗުގައި ހޮސްޕިޓަލް ޓީމުގެ އަލީ އުނައިސް 2 ލަނޑު ޖަހާފައި ވާއިރު ޝާމިލް އަދި މަމްދޫހު އަބްދުލް ޤާދިރު ވަނީ ލަނޑެއް ޖަހާފައެވެ. ސޫކޫލް ޓީމުގެ ލަނޑު ކާމިޔާބުކޮށް ދިނީ އަހުމަދު މުޖުތަބާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަލީ އުނައިސްއެވެ. މި ނަތީޖާއާ އެކު ހޮސްޕީޓަލަށް މި ގުރޫޕުގެ 1 ވަނަ ލިބިފައި ވާއިރު ސްކޫލަށް ވަނީ 2 ވަނަ ލިބިފައެވެ.

ޕޮލިސް ޔޫތު ފުޓްސަލް ކަޕް 2019 – އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އުނގޫފާރު ސްކޫލް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އަލީ އުނައިސް – ފޮޓޯ: މުޙައްމަދު ފަޒްލީން (އެމްޑީ)

މި މުބާރާތުގެ ސެމީ ފައިނަލްގެ 2 މެޗު އޮންނާނީ މިރޭ އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ރ.އަތޮޅު ކައުންސިލް އާއި އުނގޫފާރު ސްކޫލްއެވެ. އަދި ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި ވާދަ ކުރާނީ އުނގޫފާރު ރީޖަނަލް ހޮސްޕީޓަލާއި ސީބީސީއެވެ. މި މެޗުތައް އުނގޫފާރު.ކޮމްގެ ފޭސްބުކް ޕޭޖުން ލައވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close