Uncategorizedޚަބަރުރ.އަތޮޅުވިޔަފާރި

ރ. އަތޮޅުގެ ފުރަތަމަ ސްލިޕްވޭގެ ހިދުމަތް އަލިފުށިގައި ފަށައިފި

ރ. އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ ސްލިޕްވޭގެ ހިދުމަތް ދިނުން އިއްޔެ ފަށައިފިއެވެ. އަލިފުށީ ވީއޭ ބޯޓްޔާޑް ސަހަރައްދުގައި ހަދާފައިވާ މި ސްލިޕްވޭ އަކީ ވީއޭ ބޯޓްޔާޑް – ގޯގްޑްސްމޯލްޑިވްސްގެ ފަރާތުން ތަރައްޤީކޮށް ހިންގާ ސްލިޕްވޭއެކެވެ.

ސްލިޕްވޭ އަކުން ލިބެންޖެހޭ ހުރިހައި ހިދުމަތްތަކާއެކު ހުދިމަތްދޭންފެށި ސްލިޕްވޭ އަށް އުޅަނދު ފަހަރަހު އެހެލުމުގެ ފީއެއްގެ ގޮތުގައި ނަގަނީ ފޫޓަކަށް ސަތޭކަ ތިރީސް ރުފިޔާއެވެ. އަދި އެހެން ސްލިޕްވޭ ތަކުގައި ދެމުންދާ ބައެއް ހިދުމަތްތައް މިވަގުތު ދެމުންދަނީ އަގަކާނުލައެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން މިމަސައްކަތުގައި އިސްކޮން އުޅުއްވާ އިބްރަހީމް މުހައްމަދު (އިއްބެ) ވިދާޅުވީ އަލިފުށިގައި ހިދުމަތް ދޭންމިފެށުނު ސްލިޕްވޭއިން މިވަގުތަށް 70 ފޫޓަށްވުރެ ކުދި އުޅަނދު ތަކަށް ހިދުމަތް ދެވޭނެކަމަށެވެ. އަދި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހައި ސައިޒެއްގެ އުޅަނދު ފަހަރަށް ހިދުމަތްފޯރުކޮށްދޭން ފަށާނެ ކަމަށެވެ. އަދި މި ސްލިޕްވޭ އިން ހިދުމަތް ހޯދުމަތް ބޭނުންވާ ފަރާތްތަކުން އެފަރާތާއި ގުޅުއްވައިގެން ކުރިއަށްގެންދިއުމަށާއި ހިދުމަތަށް އެދެމުންދާ ތަރުތީބުން ސްލިޕްވޭ އިން ޖާގައިގެ ކަންކަން ހަމަޖެހިގެންދާނެކަމަށެވެ.

ގޯގްޑްސް މޯލްޑިވްސް އިން އަލިފުށީގައި ތަރައްޤީކުރި ސްލިޕްވޭ

އަލިފުށީގައި މިފެށިގެންދިޔަ ސްލިޕްވޭގެ ހިދުމަތުގެ ސަބަބުން އުޅަނދު ތައް އެހެލާބޭލުމަށް މިއަދާ ހަމަށް ރ އަތޮޅުގައި ދިމާވަމުން ގޮސްފައިވާ ދަތިތަކަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close