ޙަބަރު

އިންޖީނުގެ، ފެންޕްލާންޓް ނަރުދަމާ އަދި ކުނިކޮށި ސަރުކާރާއި ހަވާލުކުރަނީ

އުނގޫފާރު ކައުންސިލުން ރަށްޔިތުންނަށް ދެމުންދާ އަސާސީ ހުރިހައި ހިދުމަތެއް ދިނުން ސަރުކާރާއި ހަވާލުކުރަން ކައުންސިލުން ބޭނުންވާތީ މިކަމާއިމެދު ރައްޔިތުންގެ ފެންނަ ނުފެން ވޯޓެއް ނެގުމަށް ކައުްންސިލުން ނިންމައިފިއެވެ.

ރޭ ބޭއްވި ކައުންސިލުގެ މުވައްޒަފުންގެ ބައްދަލުވުމެއްގައި ކައުންސިލުންވަނީ މި ހަތަރު ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މިކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން ކައުންސިލުން މިހިދުމަތް ދިނުން ހަވާލުކުރަނީ ފެނަކަ ނުވަތަ އެމް ޑަބްލިޔު އެސް ސީ އާއެވެ. ކައުންސިލުން ނިންމާފައިވަނީ ހަވާލުކުރުމާމެދު ރައްޔިތުންގެ ފަހުބަސް ހޯދުމަށް ވޯޓަކަށް ދިއުމަށެވެ.

އުނގޫފާރު ރައްޔިތުންގެ ނަމުގައި ކައުންސިލުން ދެމުންގެންދާ މިހިދުމަތްތައް އުނގޫފާރު ރައްޔިތުންގެ ނަމުގައި ކުރިއަށްގެންދާނީތޯ ނުވަތަ ކުންފުންޏަކާއި ހަވާލުކުރާނީތޯ  ބެލުމަށް އުނގޫފާރުގައި ރައްވެހިވެފައިވާ ފަރާތްތަކުގެ މެދުގައި ސިއްރު ވޯޓެއް ނެގުމަށް ކައުންސިލުން ނިންމާފައިވަނީ އެކައުންސިލުން އިއްޔެބޭއްވި ކައުންސިލްގެ މިދައުރުގެ 88 ވަނަ ބައްދަލުވުމުުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
3 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
ބަދަތްވެއްMmmmmzjsiH Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ތިކަމާ ދެކޮޅޫ

Mmmmmzjsi
Guest
Mmmmmzjsi

Maa bodah ves Las ehje

H
Guest
H

I support

Close