ރަށު ކުޅިވަރުކުޅިވަރު

ޕޮލިސް އެންޑު ޔޫތު ފުޓްސަލް ކަޕް 2019: ހޮސްޕިޓަލް އަދި އަތޮޅު ކައުންސިލް ފައިނަލަށް

އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އުނގޫފާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން މިހާރު އުނގޫފާރުގައި ކުރިއަށް ގެންދާ ޕޮލިސް އެންޑް ޔޫތު ފުޓްސަލް ކަޕް 2019 ފުޓްސަލް މުބާރާތުގެ ގެ ފައިނަލަށް ރ.އަތޮޅު ކައުންސިލްގެ އަރުތަ ރިކުރިއޭޝަން ކުލަބު އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރިކުރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އޮތީ ރޭ އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރ.އަތޮޅު ކައުންސިލުން  އުނގޫފާރު ސްކޫލްގެ މަންހަޖު އާ ވާދަކޮށް މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. މި މެޗުގައި ރ.އަތޮޅު ކައުންސިލްގެ ލަނޑުތައް ޖަހާފައި ވަނީ މުޙައްމަދު މުއީން އަދި އިލްހާމްއެވެ. އުނގޫފާރު ސްކޫލްގެ ހަމައެކަނި ލަނޑު ޖަހާފައި ވަނީ އަހުމަދު މުޖުތަބާއެވެ. މި މެޗުގައި މޭން އޮފްދަ މެޗަށް ހޮވިފައި ވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ މުޙައްދު މުއީންއެވެ.

ޕޮލިސް އެންޑް ޔޫތު ފުޓްސަލް ކަޕު 2019 ގެ ސެމީ ފައިނަލްގައި ރ.އަތޮޅު ކައުންސިލް އަދި އުނގޫފާރު ސްކޫލް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު މުއީން – ފޮޓޯ: މުޙައްމަދު ފަޒްލީން (އެމްޑީ)

ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރިކުރިއޭޝަން ކުލަބު ވާދަ ކުރީ ސީބީސީ ކޮންބިނޭޝަން އާއެވެ. މި މެޗު ހޭހަން އިން ކާމިޔާބު ކުރީ 11-1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ހޭހަން ރިކްރިއޭޝަން ކުލަބުގެ އަލީ އުނައިސް އަދި މަމްދޫހު އަބްދުލް ގާދިރު ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ހޭހަން އަށް އަލީ އަރުޝަދު 2 ލަނޑު ކާމިޔާބުކޮށްދީފައި ވާއިރު، މުޙައްމަދު ލުޠުފީ (ލޫލޫ)، ޙަސަން ފަޒީލް އަދި ހުސެއިން ޝާމިލް ވެސް ވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަލީ އުނައިސް އެވެ.

ޕޮލިސް އެންޑް ޔޫތު ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ސީބީސީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ އުނައިސް – ފޮޓޯ: މުޙައްމަދު ފަޒްލީން (އެމްޑީ)

މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދާމާ ރޭ 21:00 ގައި އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ. މި މެޗު އުނގޫފާރު.ކޮމް ގެ ފޭސްބުކު ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close