ޙަބަރުރ.އަތޮޅު

އެކްސަސައިޒް ރަންނަމާރި ހަންޓް 2019 ރ.އަތޮޅުގައި ފެށިގެން ކުރިއަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ “އެކްސަސައިޒް ރަންނަމާރި ހަންޓް” ގެ މި އަހަރުގެ ހަރަކާތްތައް ރ.އަތޮޅުގައި ފަށާފައިއެވެ. މި ހަރަކާތްތައް މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ރ.އަތޮޅު އަދި ޅ.އަތޮޅުގައެވެ.

ހަތިޔާރާއި ގޮވާ ތަކެއްޗާއެކު ސިފައިން ކުރިއަށް ގެންދާ “އެކްސަސައިޒް ރަންނަމާރި ހަންޓް 2019” ތަމްރީނު ޕުރޮގުރާމްތައް އިއްޔެ ވަނީ ރ.މީދޫ އަދި ރ.އިނގުރައިދޫގައި ކުރިއަށް ގެންގޮސްފައެވެ. މި ދިޔަ އާދިއްތަ ދުވަހު ފެށި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިއަދުގެ ނިޔަލަށެވެ.

އެކްސަސައިޒް ރަންނަމާރި ހަންޓްގެ ހަރަކާތްތައް ރ.އިނގުރައިދޫގައި ކުރިއަށް ދަނީ – ފޮޓޯ: އެމްއެންޑީއެފް

އެކުސަސައިޒް ރަންނަ މާރި ކުރިއަށް ގެންދާއިރު ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރާނެ ކަމަށް ސިފައިން މަޢުލޫމާތު ދެއެވެ. އޭގެ އިތުރުން އާމާރ ވެހިކަލް ވެސް ބޭނުން ކުރާނެއެވެ. ސިފައިން މަޢުލޫމާތުދޭ ގޮތުގައި މި ތަކެތި ބޭނުން ކުރާނީ އެއްވެސް މީހަކަށް ގެންލުން ނުލިބޭ ގޮތަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close