ޚަބަރު

ޒިލާން އަލިގަދަ ތަރި 2019 ގެ ނަތީޖާ ފާޅުކުރުން އަންނަ ހޮނިހިރު ދުވަހު

އުނގޫފާރު ފޯސްޓަރިންގް އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން އުނގޫފާރު އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑާ ގުޅިގެން “ޒިލާން އަލިގަދަ ތަރި 2019” މި ނަމުގައި ރަމަޟާން މަހު ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުކުރުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ކުލަބު ޔޫތު ސްޓާރ ހޯލުގައެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ދިޔައީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި 3 މެއި 2019 ވަނަ ދުވަހު ބޭއްވުނު އޮޑިޝަނަކުން ހޮވާލެވުނު އެންމެ 10 ބައިވެރިންނާ އެކުއެވެ. އޮޑިޝަނުން ހޮވާލެވުނު ބައިވެރިންގެ ކިޔެވުން އޮތީ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ..މި 10 ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ޖަޖުންގެ މާކުހުން ނެގޭ 80% އާއި ބައިވެރިންގެ ކިޔެވުން ހިމެނޭ ވީޑިއޯ އުނގޫފާރު.ކޮމް ގެ ފޭސްބުކު ޕޭޖަށް އަޕްލޯޑު ކުރުމުން ބެލުންތެރިން ދީފައިވާ “ލައިކްސް” ގެ އަދަދުން ނެގޭ 20% އެއްކޮށްލައިގެންނެވެ.

10 ބައިވެރިންގެ ވީޑިއޯ އަށް ލައިކު ދިނުމުގެ ސުންގަޑި ފިޠުރު ޢީދު ވިލޭރޭ 12:00 އަށް ހަމަވި އިރު އެންމެ ގިނަ ލައިކްސް ލިބިފައި ވަނީ ފާޠިމަތު ނައިޝާ ޖާދުﷲ އަބްދުލް ބާރީއަށެވެ. ނައިޝާއަށް ވަނީ 3643 ލައިކް ލިބިފައެވެ. 2 ވަނައަށް އެންމެ ގިނަ ލައިކްސް ފާޠިމަތު އަމާނީ އަހުމަދު އަށް ލިބިފައި ވާއިރު އަމާނީއަށް ލިބިފައި ވަނީ 2568 ލައިކުއެވެ. 2869 ލައިކްއާ އެކު 3 ވަނައަށް އެންމެ ގިނަ ލައިކް ލިބިފައި ވަނީ ޝަމްއާ އިބްރާހިމްއަށެވެ.

މި މުބާރާތުގެ 1 ވަނަ އަށް ދޭން ކަނޑައަޅާފައިވާ 10000 ރ ގެ ފައިސާގެ އިނާމުގެ އިތުރުން 2 ވަނަ އަށް ދާ ފަރާތަކަށް 5000ރ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 2000ރ ގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close