ޚަބަރު

ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުން ނިކުމެ އުނގޫފާރު ސްކޫލް ގަހުން ފުރާލައިފި

އުނގޫފާރު ސްކޫލްގެ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި މުވައްޒަފުން ނިކުމެ މިއަދު އުނގޫފާރު ސްކޫލް ގަހުން ފުރާލައިފިއެވެ. މިއީ އެ ސްކޫލާއި ޖޯލި މޯލްޑިވްސް ރިސޯޓު ގުޅިގެން މިއަދު ފަށާ ގަސް އިންދުމުގެ ޕްރޮގްރާމަށް ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުން ހަދިޔާކޮށްފައިވާ ގަސްތަކެކެވެ. މި ޕްރޮގްރާމްގެ ދަށުން 8000 ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

8000 ގަސް އިންދުމުގެ ޕްރޮގުރާމު – އުނގޫފާރު ސްކޫލަށް ހަދިޔާކޮށްފައިވާ ބައެއް ގަސް

މި ޕްރޮގްރާމަށް ފަނޑު ކުރަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުންނެވެ. އުނގޫފާރު ސްކޫލުން މަޢުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމުގައި އުނގޫފާރު ސްކޫލްގެ ކޮންމެ ދަރިވަރަކާއި، ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޫލްގެ މުވައްޒަފުން ގުޅިގެން ކޮންމެ ފަރާތަކުން ވެސް 3 ގަސް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

8000 ގަސް އިންދުމުގެ ޕްރޮގުރާމު – އުނގޫފާރު ސްކޫލަށް ހަދިޔާކޮށްފައިވާ ބައެއް ގަސް

މި ގަސްތައް އުނގޫފާރު ސްކޫލަށް ގެނައުމުގެ މަސައްކަތް މިއަދު ހެނދުނު 8:15 އިން ފެށިގެން ވަރަށް ބާރަށް ކުރިއަށްއެބަދެއެވެ. މި ގަސްތައް އިންދުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ހަވީރު ފެށޭއިރު މި ގަސްތައް އިނދުމަށް ހަމަޖެހިފައި ވަނީ އުނގޫފާރުގެ އެކި ހިސާބު ތަކުގަ އާއި ރަށުގެ ހޭޅި ފަށުގަ އާއި އަދި އުނގޫފާރު ބަނދަރުގައެވެ.

މި ޕްރޮގްރާމަކީ ޖޯލި މޯލްޑިވްސް އާ އުނގޫފާރު ސްކޫލުން ހިންގާ ކާބަން މަދު ކުރުމުގެ ޕްރޮގްރާމް ތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މީގެ އިތުރުން ވެސް އުނގޫފާރު ސްކޫލުން އަންނަނީ އުނގޫފާރު ސްކޫލް ގޯތި ތެރެ ފެހި ކުރުމަށް ގަސް އިންދުމާއި ތިމާވެއްޓާ ގުޅޭ މިފަދަ އެތައް ހަރަކާތެއް ހިންގަމުންނެވެ. މިދަ ކަންކަން ސްކޫލުން އިސްނަގައިގެން ކުރުމަކީ ތިމާވެށި ރައްކާތެރި ކުރުމަށް އަހަމިއްޔަތުކަން ދޭ ޖީލެއް ބީނާ ކުރުމަށް އެޅިގެން ދާނެ ވަރަށް މުހިންމު ބިންގަލެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close