ޚަބަރުރ.އަތޮޅު

ފައިނު ކުލަބު ޔަންގް ސްޓަރ އިން ބޭއްވި ޤުރްއާން މުބާރާތާއި ރޯދަ ކުއިޒްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ރ.ފައިނުގެ ކުލަބު ޔަންގް ސްޓަރގެ ފަރާތުން މި ދިޔަ ރަމަޟާން މަހު ބޭއްވި ޤުރްއާން ކިޔެވުމުގެ މުބާރާތާއި ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ހުކުރު ދުވަހުގެ ރޭ  ފައިނު ސްކޫލްގައެވެ.

ކުލަބު ޔަންގު ސްޓާރ އިން ބޭއްވި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 64 ބައިވެރން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށް 8 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 4 އަހަރުން ދަށް، 6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

މި ރަސްމިއްޔާތުގައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން އެކި އުމުރުފުރާއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާފައެވެ. މީގެ އިތުރުން މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ދިޔަ ބައިވެރިން ވެސް ހޮވާފައިވެއެވެ. މުޅި މުބާރާތުން 1 ވަނަ އަށް ގޮސްފައި ވަނީ ނަފްހާ ނަސީމްއެވެ. އަދި މުޅި މުބާރާތުން 2 ވަނަ އައިމިނަތު ނޫރާ އިބްރާހިމް އަށް ލިބިފައި ވާއިރު މުޅި މުބާރާތުން 3 ވަނަ ލިބިފައި ވަނީ އައިޝަރު ވިޝާޔާ ސިޔާމްއަށެވެ.

ކުލަބު ޔަންގު ސްޓާރ އިން ކުރިއަށް ގެންދިޔަ މި ޤުރްއާން މުބާރާތަކީ އަމިއްލަ ޖަމިއްޔާ އަކުން އިސްނަގައިގެން ފައިނުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޤުރްއާން މުބާރާތެވެ. ކުލަބު ޔަންގު ސްޓާރ އިން މަޢުލޫމާތު ދިން ގޮތުގައި އެ ޖަމިއްޔާއިން ވަނީ މި މުބާރާތަށް ކުދިން ތައްޔާރު ކުރުމުގެ ގޮތުން ޤާރީއެއް ރަށަށް ގެނެސް 3 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ރޭގެ ހަފުލާގައި ކުލަބު ޔަންގް ސްޓާރއިން ރަމަޟާން މަހު ފޭސްބުކްގައި ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގެ 1 ވަނަ 2 ވަނަ 3 ވަނަ ވެސް ހޮވާފައިވެއެވެ. އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދިޔަ މި ސުވާލު މުބާރާތުގައި 85 މީހުން ބައިވެރިވެފައި ވެއެވެ. ރަމަޟާން މަހުގެ 29 ދުވަހު ކޮންމެ ދުވަހަކު ސުވާލެއް ކުރާ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރީ 10 ފަރާތަކުންނެވެ. މި މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާފައި ވަނީ މި 10 ފަރާތުގެ މެދުގައި ގުރުއަތުލައިގެންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close