ޚަބަރުރަށު ކުޅިވަރުއުފާ ފުޓުސަލް ކަޕް

“އުފާ ފުޓުސަލް ކަޕް 2019” އޮގަސްޓް ގައި

އުފާ ފުޓުސަލް ކަޕް

އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގެ އަހަރީ ދުވާހާއި ގުޅުވައިގެން ބައްވާ “އުފާ ފުޓުސަލް ކަޕް 2019” އޮގަސްޓްގައި ބާއްވަން ނިންމައިފިއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުފާ ގެ ރައީސް އަލްފާޟިލް އިބްރާހީމް ޒަޔާން ވިދާޅުވީ މުބާރާތް އޮގަސްޓް ގައި ބޭއްވުމަށް ވާންޖެހޭ އެއްމެހައި ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި ހުރިހައި ކަމެއް ބާރާބަރަށް ގޮސްފިނަމަ  އޮގަސްޓްގައި މުބާރާތް ފެށިގެންދާނެކަމަށެވެ. ޒަޔާން ވިދާޅުވި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހަކާއި މުބާރާތް ބާއްވާނެ ތާރީހެއް ނިންމާނީ މިރޭ އޮންނަ އުފާގެ ބައްދަލުވުމެއްގައި ކަމަށެވެ.

“އުފާ ފުޓުސަލް ކަޕް 2017” ބާއްވަން އުފާ އިން ކުރި މަސައްކަތް ނާކާމިޔާބުވެ މުބާރާތް ނުބޭއްވިފައިވަނީ ސިޔާސީ ސަބަބު ތަކާހެދި މުބާރާތް ބޭއްވުމަށް ދަނޑު ނުލިބުމާއި ގުޅިގެންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close