ޚަބަރުރަށު ކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ އިން ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު އާއި ބައްދަލުކޮށްފި

އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން

އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) އިން މިނިސްޓްރީއޮފް ޔޫތު އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓްގެ ޔޫތު އެސޯސިއޭޓް އަލްފާޟިލް އަހުމަދު ޝާހިދުއާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ރޭ 22:00 ގައި އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ މީޓިން ރޫމްގައެވެ.

މިބައްދަލުވުމުގެ މައުލޫމާތު އުނގޫފާރު ޑޮޓް ކޮމް އާއި ހިއްސާކުރަމުން އުފާގެ ރައީސް އަލްފާޟިލް އިބްރާހީމް ޒަޔާން ވިދާޅުވީ މިއީ ވަރަށް ފައިދާކުރުވަނިވި މުހިއްމު ބައްދަލުވުމެއްކަމަށެވެ. މިބައްދަލުވުމުގައި ކޮމިއުނިޓީ ސެންޓަރުގެ ކުރިއަށްހުރި ހަރަކާތްތަކާއި ބެހޭގޮތުންނާއި އުފާއަށް ކޮމިއުނިޓީ ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި އުފާއިން ރާވާ ހިންގާ ހަރަކާތްތަކުގައި ކޮމިއުނިޓީ ސެންޓަރުގެ އެހީތެރިކަން ލިބޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށެވެ. އަދި ކުރެވުނު މަޝްވަރާތަކަށްފަހު އުފާއިން ރާވާ ހިންގާ ހަރަކާތްތަކުގައި ކޮމިއުނިޓީ ސެންޓަރުން ދެވެންހުރި ހުރިހައި އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އަހުމަދު ޝާހިދު ދެއްވި ކަމަށެވެ.

އުފާއިން އަންނަނީ ވޭތުވެ ދިޔަ 2 އަހަރުވެސް ބޭއްވުމުގެ ފުރުސަތު ލިބިފައިނުވާ “އުފާ ފުޓުސަލް ކަޕް” އަންނަ އޮގަސްޓް މަހު އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓުސަލް ދަނޑުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މިމުބާރާތަކީ އުފާގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އުފާގެ އަހަރީ ދުވަހަކީ 23 އޮގަސްޓް އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close