ޚަބަރުރ.އަތޮޅު

އުނގޫފާރު ސްކޫލްގެ “ވެސްޓް ބީޗް އިންޓަ ހައުސް ފުޓްސަލް” މުބާރާތް ފެށިއްޖެ

އުނގޫފާރު ސްކޫލްގެ “ވެސްޓް ބީޗް އިންޓަ ހައުސް ފުޓްސަލް މުބާރާތް” އިއްޔެ ފެށިއްޖެއެވެ. މި މުބާރާތް ފެށިފައި ވަނީ އިއްޔެ ހަވީރު އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ.

އެހެން ފަހަރަތަކުގައި އުނގޫފާރު ސްކޫލުން ބާއްވަމުން އައި އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ބަދަލުގައި މިފަހަރު ބޭއްވުމަށް ނިންމާފައި ވަނީ ފުޓްސަލް މުބާރާތެކެވެ. މި ގޮތަށް ނިންމާފައި ވަނީ އުނގޫފާރު ސްކޫލްގެ ސުޓޫޑެންޓް ކައުންސިލުގައި މި އަހަރު ކުޅޭނެ ކުޅިވަރަކާ މެދު ގޮތެއް ނިންމުމަށް ބަހުސްކޮށް ނެގުނު ވޯޓަގައި ގިނަ ދަރިވަރުން ފުޓްސަލް ކުޅުމަށް ނިންމާފައި ވާތީ ކަމަށް އުނގޫފާރު ސްކޫލް އިން މަޢުލޫމާތުދެއެވެ.

އުނގޫފާރު ސްކޫލްގައި ހިމެނޭ 4 ހައުސްގެ މެދުގައި ކުރިއަށްދާ މި ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ވަނީ 2 މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ ކާނި ހައުސް އަދި ފުނަ ހައުސްއެވެ. މި މެޗު 3-1 ން ކާމިޔާބު ކުރީ ކާނި ހައުސްއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ކާނި ހައުސްގެ ޖޯޒީ ނަމްބަރު 10 އިފާމް އަދި ޖޯޒީ  ނަމްބަރު 7 އައުޝަމްގެ ލަނޑުން ކާނި ހައުސް 2 ލަނޑުގެ ލީޑެއްގައި އޮވެއެވެ. ފުނަ ހައުސްއިން ނާތީޖާ ހަމަ ހަމަ ކުރުމަށް ކުރި މަސައްކަތުގައި 2 ވަނަ ހާފުގައި ވަނީ ލަނޑެއް ޖަހާފައެވެ. އެހެން ނަމަވެސް ކާނި ހައުސްއިން ވަނީ މެޗުގެ ފަހު ވަގުތު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކާނި ހައުސްގެ އައުޝަމް ސައީދުއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ނިކަ ހައުސް އަދި ހިރުދު ހައުސްއެވެ. ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މި މެޗު ނިކަ ހައުސް އިން ކާމިޔާބު ކުރީ 6-4 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ނިކަ ހައުސްއިންނެވެ. މި ގޯލް ނިކަ ހައުސްއަށް ކާމިޔާބު ކޮށްދިނީ ނިކަ ހައުސްގެ ޖޯޒީ ނަންބަރު 17 ބިލާލްއެވެ. އޭގެ އަނެއްކާ ވެސް އިރުކޮޅެއް ފަހުން ނިކަ ހައުސްގެ ޖަޒީ ނަންބަރު 11 ޔަމާން 2 ލަނޑު ޖަހާ ނިކަ ހައުސްގެ ލީޑު ފުޅާކުރިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ހިރުނދު ހައުސްގެ ސުން ކަނޑުވާލަ ދިނީ އެ ހައުސްގެ ކެޕްޓަން ޖޯޒީ ނަމްބަރު 8 ގުސައްޔު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ އަނެއްކާ 5 މިނެޓު ފަހުން ނިކަ ހައުސްގެ ކެޕްޓަން ޖޯޒީ ނަމްބަރު 18 ޒާޔަން އެ ޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކުރިއެވެ.

މެޗުގެ 2 ވަނަ ހާފު ފެށިގެން 2 ވަނަ މިނެޓުގައި ނިކަ ހައުސްގެ ޖޯޒީ ނަމްބަރު 11 ޔަމާން އަނެއްކާ ވެސް ލަނޑެއް ޖަހާ ނިކަ ހައުސް އަށް 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ ހިރުނދު ހައުސް އިން ކުރި މަސައްކަތުން ހިރުނދު ހައުސްގެ އިން ވަނީ އިތުރު 3 ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް ފަހު ވަގުތު ނިކަ ހައުސް ގެ ޔަމާން ވަނީ ނިކަ ހައުސްގެ 6 ވަނަ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ  ނިކަ ހައުސްއަށް 4 ލަނޑު ކާމިޔާބުކޮށްދިން ޖޯޒީ ނަމްބަރުު 11 ޔަމާންއެވެ.

މި މުބާރާތުގެ 2 މެޗެއް މި އަދު ހަވީރު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފުނަ ހައުސް އަދި ނިކަ ހައުސް ވާދަ ކުރާއިރު 2 ވަނަ މެޗުގައި ވާދަ ކުރާނީ ބައްފަލު ކުރާނީ ހިރުނދު ހައުސް އަދި ކާނިހައުސްއެވެ. މި މެޗުތައް ފެށެނީ މިއަދު ހަވީރު 4:15 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close