ޙަބަރު

އޮޑި ދޯނި ފަހަރު އެހެލުމުގެ ކުރިން ކައުންސިލުން ހުއްދަ ހޯދަންޖެހޭ ގޮތައް ހަދައިފި

އުނގޫފާރު ކައުންސިލް

އުނގޫފާރުގައި އޮޑި ދޯނި ފަހަރު އެހެލުމަށް ކަޑައެޅިފައިވާ ސަރަހައްދަކީ ކުޑަސަރަހައްދަކަށް ވާތީ އޮޑި ދޯނިފަހަރު އެހެލުމުގެ ކުރިން އުނގޫފާރު ކައުންސިލަށް ލިޔުމުން އަންގަންވާނެ ކަމަށް އެކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިގޮތަށް އަންގާފައިވަނީ އެކައުންސިލުން ކޮށްފައިވާ ނަމްބަރު: IUL)303-AS/2019/44) އިއުލާނުގައެވެ.

އެއިއުލާނުގައި ބުނެފައިވާ ގޮތުން އޮޑި ދޯނި ފަހަރު އެސަރަހައްދަށް އެހެލުމުގެ ކުރިން އެކަމަށް އެދި ކައުންސިލަށް ލިޔުމުން ހުށައަޅަން ޖެހެއެވެ. އަދި ކައުންސިލުގެ ހުއްދަ ލިޔުމުން ހޯދަންވެސް ޖެހެއެވެ. އަދި ހުއްދަލިބިގެން އެހެލާ އުޅަނދުފަހަރުވެސް 2 ހަފްތާ ހަމަވުމުގެ ކުރިން އުޅަނދު ބާލަންޖެހެއެވެ. އަދި ކައުންސިލުގެ އެންގުމާއި ޙިލާފަށް ހުއްދަ ނުހޯދާ އެހެލާ އުޅަނދުފަހަރާއި ދެވިފައިވާ މުއްދަތު ގައި ނުބާލާ އޮޑި ދޯނިފަހަރުގެ ވެރިން -/500 (ފަސްސަތޭކަ ރުފިޔާ)އަށް ވުރެ ކުޑަ ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close