ޚަބަރު

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ އައިނާއަށް އެހީ ހޯދުމަށް “ހެލްޕް އައިނާ” ގެ ނަމުގައި ޙާއްސަ އިވެންޓެއް

ކޮންމެ މަޔަކާއި ބަފަޔަކު ވެސް ދަރިއަކު ބަލަނީ 2 ލޮލުގެ ކޮއި ފަދައިންނެވެ. ކިތަންމެ ނިކަމެތި ކަމުގައި ވިޔަސް ހިތުގެ އެންމެ ފުންމިނުން ލޯބިދީ އެ ދަރިއެއްގެ އެންމެ ހިނިތުންވުމަށްޓަކައި ހުރިހާ އެއްޗެއް ޤުރުބާން ކުރަމުންޏެވެ. އަލިފާން ކަންޏަކުން ވެސް އެ ދަރިފުޅުގެ ހަށިގަނޑުގައި ބީހުމަށް ނޭދޭ ހާލުގައެވެ. މިފަދަ ދެމަފިރިން، އެ ދެމަފިރިންގެ ދަރިފުޅަށް ލޭގެ ކެންސަރު ޖެހިދާވަ ހަބަރު އަހާނީ ކޮންހިތަކައިގެން ހެއްޔެވެ؟ ތެދެކެވެ. ދުނިޔެމަތީގައި މާތްﷲ އެކި އިންސާނުންނަށް ކުރިމަތި ކުރައްވާނީ އެކި އިމްތިހާނެވެ. އަނެއްކާވެސް މިކަހަލަ އިމްތިހާނެކެވެ.

މިއީ ރ.އުނގޫފާރު ދިރޭލާލުގެ، އަލީ ރަޝީދު އަދި ރ.އުނގޫފާރު، ފެހިވިނަ އަޒުމާ އަބޫބަކުރު ގެ އަލަތު ދަރިފުޅު އުމުރުން 4 އަހަރުގެ އައިޝަތު އައިނާ ބިންތު އަލީ ރަޝީދުގެ ވާހަކައެއެވެ. އިންޑިއާއިން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އައިނާއަށް ވަނީ ލޭގެ ކެންސަރު ޖެހިފައެވެ. ނަސީބު ރަނގަޅު ކަމުން ﷲ ގެ ރަޙުމަތުން މިކަން އެނގުން އިރު އަދި އައިނާ ވަނީ ފަސްޓް ސްޓޭޖުގައެވެ. އެހެން ކަމުން އުންމީދު ހުޅުކޮޅު ވަނީ ދިއްލިފައެވެ. އެހެން ނަމަވެސް އައިނާގެ ފުރާނަ ސަލާމަތް ކުރަން ކުރަން ޖެހޭ ހަރަދު ވަރަށް ގިނައެވެ.

އައިނާއަށް އެހީވުމަށް އެންމެ ފުރަތަމަ އިސްނަގާފައި މި ވަނީ އައިނާ ކިޔަވަމުންދާ އުނގޫފާރު ސްކޫލްގެ އެލްކޭޖީގެ ބެލެނިވެއިންނެވެ. “ހެލްޕް އައިނާ” ގެ ނަމުގައި ކުރިއަށް ގެންދާ މި އިވެންޓު ކުރިއަށް ދާނީ މާދަމާ ހަވީރު އޮންނަ އުނގޫފާރު ސްކޫލްގެ އިންޓަ ހައުސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދާ ވަގުތު އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައެވެ. އެލްކޭޖީގެ ބެލެނިވެރިން ވަނީ އައިނާއަށް އެހީ ހޯދުމުގެ ފުރަތަމަ އިވެންޓެއްގެ ގޮތުން ކެންޓީނެއް ހިންގުމަށް ނިންމާފައެވެ. މީގެ އިތުރުން މި އިވެންޓު ކުރިއަށްދާ ސަރަހައްދުގައި ފަންޑު ފޮއްޓެއް ވެސް ބެހެއްޓިފައި ހުންނާނެއެވެ.

މާދަމާ ހަވީރު ކުރިއަށްދާ މި ކެންޓީނުން ވީހާވެސް ގިނަ ބަޔަކު ތަކެތި ބައްލަވައިގަނެ އައިނާއަށް ކުޑަ ނަމަވެސް އެހީއެއް އެމީހަކަށް ވެވެން އޮތް މިންވަރަކުން ވަމާތޯއެވެ.

އަޅުގަނޑުމެން އެންމެންނަކީ އެއްބަޔަކު އަނެއް ބަޔަކުގެ ތަކުލީފުތަކުގައި އަޙުވަންތަކޮށް އިސްކޮށް އަބަދުވެސް އެހީވެ، އަޅާލާ ބަޔަކު ކަމުގައި ވަމާތޯއެވެ. ހިތްހެޔޮކޮށް އިސްކޮށް ﷲ ގެ މަގުގައި ހޭދަކުރާ ކޮންމެ އެއްޗަކީ ހެޔޮ ކަމުގެ މީޒާނުގައު ބުރަ އަދި ﷲ ގެ ހަޟްރަތުގައި ނުހަނު އަޖުރުހުރި އެއްޗެކެވެ. މިފަދައިން އެއްބަޔަކު އަނެއް ބަޔަކަށް އެހީ ވާނަމަ މާދަމާ ތިބާ އަށް އެހީއެއް ބޭނުންވާ ދުވަހު ވެސް ތިބާއަށް އެހީ ވާނޭ އެތައް ބަޔަކު ތިބޭނޭކަން ޤައިމެވެ.

“ހެލްޕް އައިނާ” އިވެންޓުގައި ހިންގާ ކެންޓީނަށް ކާބޯތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކާބޯތަކެތި ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 7700430 (އައިޝަތު ސުފައިލާ) އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް މި އިވެންޓު އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.

އައިނާ އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓު ނަންބަރަށް ޓްރާންސްފާ ކުރެވޭނެއެވެ.

7717333500001 (ރުފިޔާ) ނުވަތަ 7730000112646 (ޑޮލަރު)

އެކައުންޓުގެ ނަން: އަލީ ރަޝީދު

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close