ޚަބަރުރަށު ކުޅިވަރު

“ޗެލްސީ މެގަ” އެނބުރި ދަނޑަށް

ޗެލްސީ މެގަ

އުނގުފާރުގެ ފުޓުބޯޅައިގަ މީގެ ކުރިން ގަދަ ބާރެއްގެ ގޮތުގައި ފެނިގެން ދިޔަ ފުޓުބޯޅަ ޓީމް “ޗެލްސީ މެގަ” އެނބުރި ދަނޑަށް ނިކުތުމަށް ތައްޔާރު ވެއްޖެއެވެ. މުހައްމަދު ލުތުފީ ކުޅިވަރުދަނޑުގެ ނަމުންނަމަ ލޫލޫ ގެ ކޯޗުކަމުގެ ދަށުން ޗެލްސީ މެގަ ކުޅޭ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ފެނިގެންދާނީ މިމަހު ފެށޭ “ޓޮޕް ވަން ލީގް – ޖުލައި” ގައެވެ.

ޓީމު އެނބުރި އައުން ފާހަގަކުރުމުގެ ގޮތުން ރޭ ބްރޭކް ޑައުން ކެފޭ ގައިވަނީ ކުޑަރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވެއެވެ. ޖާޒީ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާނު ޔޫތު އެސޯސިއޭޓް އަލްފާޟިލް އަހުމަދު ޝާހިދުއެވެ. މިރަސްމިއްޔާތުގައި އަހުމަދު ޝާހިދުގެ އިތުރުން ޔޫއެޗްއެލް ޓްރޭޑްގެ މެނޭޖަރު އަދި ޓީމުގެ އާމެނޭޖަރު ހުސައިން ފަހުމީ އާއި ޓީމުގެ ޖާޒީ ތައްޔާރުކޮށްދިން މުހައްމަދު ނާޒިމް (ނާބެ) އާއި އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުންއިބްރާހީމް ޒަޔާން ބައިވެރިވިއެވެ.

ޗެލްސީ މެގަ – ޖާޒީ ހަވާލުކރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލޫލޫގެ މޭސްތިރިކަމުގެ ދަށުން ޗެލްސީ މެގަ އަލުން ނިކުންނައިރު ލޫލޫގެ އެއްމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނިފައިވާއިރު ކުރިން ޗެލްސީ މެގާ ހިންގުމުގައި އަދި ކުޅުންތެރިއެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވި ހަސަން ޝަފީޤް (ކުޑަ ސައްޕޭ) ޓީމުގައި ހިމެނުމެވެ.

ޓީމްގެ މެއިން ސްޕޮންސަރަކީ ޔޫއެޗްއެލް ޓްރޭޑް އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close