ޚަބަރުރަށު ކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓުސަލް ކަޕް 30 އޮގަސްޓްގައި ފަށަނީ

އުފާ ފުޓުސަލް ކަޕް 2019

އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގެ އަހަރީ ދުވާހާއި ގުޅުވައިގެން ބައްވާ “އުފާ ފުޓުސަލް ކަޕް 2019” 30 އޮގަސްޓްގައި ފަށަން ނިންމައިފިއެވެ. މިގޮތައް ނިންމީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފާގެ ބައްދަލުވުމެއްގައެވެ.

މިރޭގެ ބައްދަލުވުމަށްފަހު އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުފާ ގެ ރައީސް އަލްފާޟިލް އިބްރާހީމް ޒަޔާން ވިދާޅުވީ މުބާރާތް އޮގަސްޓް 30 ގައި ފެށުމަށް ނިންމައި އެކަމަށް ވާންޖެހޭ އެއްމެހައި ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އޮގަސްޓް މަހުގެ ކުރީކޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށާއި މުބާރާތަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމާއި މުބާރާތުގައި ދެންވެސްހުރި ކަންކަން އިއުލާނުކުރުމުން ދާނެކަމަށެވެ.

އުފާ ފުޓުސަލްކަޕްގެ އެއްމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޔަންގް ސްޓަރއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close