ޚަބަރު

އުނގޫފާރު ކައުންސިލުން ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފި

އުނގޫފާރު ކައުންސިލުން ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފިއެވެ. އުނގޫފާރު ކައުންސިލާއި ޓްރާންސްޕޯޓި އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމް ފަށާފައި ވަނީ މިއަދު ހެނދުނުއެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިކަމުގެ ތަޖުރިބާ ކާރު ޑްރައިވިން އިންސްޓްރަކްޓަރުންނާ އެކުއެވެ. މި ޕޮރޮގްރާމް ކުރިއަށް ދަނީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށައަޅާފައިވާ 17 ފަރާތަކާ އެއްކޮންނެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ހެވީ ވެހިކަލްސް ދުއްވަން ދަސްކޮށްދިނުމުގެ އިތުރުން ހެވީ ވެހިކަލްސް ދުއްވުމުގެ ލައިސަންސް ހޯދަދެވޭނެއެވެ.

ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދޭ ޕްރޮގުރާމުގެ ތެރެއިން

އުނގޫފާރު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އުނގޫފާރު މަގު ހެދުމާއި އަދި މިނޫނަސް ކުރިއަށް އޮތް ތަނުގައި އުނގޫފާރުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގައި ފުދޭ ވަރެއްގެ ގިނަ ހެވީ ވެހިކަލް ޑުރައިވަރުން ބޭނުންވާނެތީ އެ ފުރުސަތު އުނގޫފާރުގެ ރައްޔިތުންގެ ތެރެއިން އެކަމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބިގެން ދިއުމުގެ މަގު ފަހިކޮށްދިނުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close