ޚަބަރު

އުނގޫފާރު ކައުންސިލްގެ ސިއްރު ވޯޓު – ވޯޓު ފޮށި ބަހައްޓާނީ ހަމައެކަނި އުނގޫފާރުގައި

އުނގޫފާރު ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ބައެއް ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ކުނި ކޮށި ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމާ މެދު ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް މާދަމާ ނެގުމަށް ހަމަޖެހިފައިވާ ވޮޓުގައި ވޯޓު ފޮށި ބަހައްޓާނީ އުނގޫފާރު ސްކޫލްގެ ރިހިމާލަމުގައި އެކަނި ކަމުގައި އެ ކައުންސިލުން ނިންމާއިފިއެވެ. ކައުންސިލުން ވަނީ އުނގޫފާރު ސްކޫލްގެ ރިހި މާލަމުގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައެވެ.

މީގެ ކުރިން މާލޭގައި ވެސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައި ވީ ނަމަވެސް އެ ފޮއްޓަށް ވޯޓުލާން ރަޖިސްޓާރ ވާން ހުޅުވާލި ފުރުސަތުގައި ރަޖިސްޓަރ ވެފައި ވަނީ އެންމެ 3 ފަރާތުން ކަމުގައި އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދެއެވެ. މާލޭގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމީ އެ ފޮއްޓަށް ވޯޓު ލުމަށް އެކަށީގެންވާ ވަރަށް މީހުން ރަޖިސްޓަރ ވެފައި ނެތުމުންނެވެ.

މި ވޯޓުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ. ވޯޓު ލުން ކުރިއަށްދާ ގޮތް އޮބްސާވް ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދުގެ ހަވީރު 17:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މިކަމަށްޓަކައި މި ވަގުތުގައި އުނގޫފާރު ކައުންސިލްގެ އިދާރާ ހުޅުވިފައި ހުންނާނެ ކަމަށް އެކައުންސިލުން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close