ޚަބަރުރ.އަތޮޅު

މާދަމާ އަކީ ރައްޔިތުންގެ ބޮޑު ނިންމުން ނިންމާ ދުވަސް – ފަރުދީ ޒިންމާ އުފުލަން ތައްޔާރުތޯ؟

މާދަމާ އަކީ އުނގޫފާރުގެ ތާރީހުގައި ބޮޑު ދުވަހެކެވެ. އެތައް އަހަރެއް ވަންދެން އުނގޫފާރު ކައުންސިލުން، އުނގޫފާރު ރައްޔިތުންގެ ނަމުގައި ދެމުން އައި ބައެއް ޚިދުމަތްތައް ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ދޭ ގޮތަށް ބަދަލު ކުރުމާ މެދު ރައްޔިތުން ނިންމާ ގޮތެއް ބެލުމަށް ސިއްރު ވޯޓެއް ނެގޭ ދުވަހެވެ. އުނގޫފާރު ކައުންސިލުން ނިންމާފައި ވައި ވަނީ އެ ކައުންސިލުން ދެމުންދާ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތާއި އަދި ކުނި ކޮށި ސަރުކާރު ކުންފުންޏަކާ ހަވާލު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަހާށެވެ.

މި ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން 14:00 އަށް އުނގޫފާރު ސްކޫލްގެ ރިހި މާލަމުގައެވެ. އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މި ވޯޓުގެ ވޯޓު ކަރުދާހުގައި 3 އޮޕްޝަން އެއް އިންނާނެއެވެ. އެއީ އުނގޫފާރު ރައްޔިތުން، ފެނަކާ އަދި އެމްޑަބްލިއުއެސްސީ އެވެ. މި ތަނުން ފާހަގަ ލެވޭނީ އެމީހަކު އިހުތިޔާރު ކުރާ ކޮންމެވެސް އެއް އޮޕްޝަނަކާ ދިމާލުގައެވެ. އެކަކަށް ވުރެ ގިނަ އޮޕްޝަނުގައި ފާހަގަ ލައިފި ނަމަ ވޯޓު ބާތިލްވާނެއެވެ.

އުނގޫފާރު ކައުންސިލް މަޢުލޫމާތުދޭ ގޮތުގައި މި ވޯޓުގައި ރައްޔިތުން ނިންމާނީ ކައުންސިލުން ދެމުންދާ ޚިދުމަތްތައް ހަވާލު ކުރާނީ ފެނަކަ ކޯޕަރޭޝަން އާތޯ ނުވަތަ އެމްޑަބްލިއުއެސްސީ އާތޯ ނުވަތަ ރައްޔިތުންގެ ނަމުގައި ހިންގާނީތޯ އެވެ. އެހެން ކަމުން މާދަމާގެ ވޯޓު ބެހިގެން ފާނީ 3 ބަޔަކަށެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމާ އިރު ވީހާ ވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވެ، މި ބޮޑު ނިންމުމުގައި އެމީހަކަށް ފެންނަ ގޮތެއް އިހުތިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. އުނގޫފާރު ކައުންސިލުން އެދެނީ މި ވޯޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close