ޚަބަރުރ.އަތޮޅު

މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ކައުންސިލާ ހަވާލުކުރުމަށް އަންގައިފި

ރ.މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ނުވަތަ ކުރީގެ މިރުސްމާގެ ހުރި ބަންޑާރަ ބިން ހުސްކޮށް ކައުންސިލާ ހަވާލު ކުރުމަށް އެތަން ޤަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ ފާރާތްތަކަށް މާކުރަތު ކައުންސިލުން ނޯޓިސް ދީފިއެވެ. މާކުރަތު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި ނޯޓިސްގައިވާ މުއްދަތު މާދަމާގެ މެންދުރުފަހު 14:00 ނިޔަލަށް ހަމަވާނެއެވެ.

މާކުރަތު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ކައުންސިލާ ހަވާލުކުރަން އެންގި އެންގުމަށް ތަބާ ނުވެ އެ ރަށު ބަޔަކު އެތަން ޤަވާއިދާ ހިލާފަށް ދަނީ ބޭނުން ކުރަމުންނެވެ. އަދި އެތަން ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް ވިޔަފާރީގެ ނަފާ ހޯދަމުން ދާކަން އެ ކައުންސިލަށް ފާހަގަވެފައި ވާކަމަށް މާކުރަތު ކައުންސިލުން މަޢުލޫމާތު ދެއެވެ.

ރ.މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ނުވަތަ ކުރީގެ މިރުސްމާގެ ހުރި ބަންޑާރަ މިބާއި، އެ ބިމުގައި ކުރެވިފައިވާ އިމާރާތްތަކާއި، ރުއްގަހާއި ވަޅުފަދަ  އެންމެހާ ތަކެއްޗަކީ ޤާނޫނީ ގޮތުން އެކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަންކަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ. އެހެންކަމުން މާކުރަތު ކައުންސިލުން ވަނީ އެތަންތަން ޤަވާއިދާ ޙިލާފަށް ބޭނުން ކުރަމުންދާ ފަރާތްތަކަށް އެތަންތަން ކައުންސިލާ ހަވާލުކުރުމަށް އަންގާފައެވެ.

މާކުރަތު ކައުންސިލުން ނެރެފައިވާ ނޯޓިސްގައި ބެނެފައިވާ ގޮތުގައި އެ ބިމުގައި އެއްވެސް ފަރާތެއްގެ އަމިއްލަ އެއްޗެއް ވާކަމަށް ޤަބޫލު ކުރެވޭނަމަ އެކަން އެ ކައުންސިލަށް ސާބިތު ކޮށްދިނުމަށާއި އެ ބިމުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތަކުން ދައުވާ ކުރާ ނަމަ އެކަން ޝަރުއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ދިއުމުގެ ހައްޤު އެ ފަރާތަކަށް ލިބިގެންވާ ކަމަށާއި އެމަގުން އެކަން ކުރިއަށް ގެންދިއުމަށެވެ.

މާކުރަތު ކައުންސިލުން ވަނީ ކައުންސިލްގެ އެންގުމާ އެއްގޮތަށް އެތަން ކައުންސިލަށް ހަވާލުނުކޮށްފި ނަމަ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ ފަރާތްތަކާމެދު އެޅުމަށް ޤަރާރެއް ފާސްކޮށްފައެވެ. އަދި މި ޤަރާރުގައި މާދަމާ 14:00 ގެ ނިޔަލަށް އެތަން ކައުންސިލާ ހަވާލުނުކޮށްފި ނަމަ އެ ކައުންސިލުން އެ ބިމުގައިވާ ތަންތަނަށް ވަނުނުމަށާއި މިކަމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close