ޚަބަރު

އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުންގެ ހަބަރުތައް ގެނެސްދޭ ޕޮލިސްލައިފް ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިތަކެތި ނައްތާލާފައި ވަނީ ޖުލައި 4 ވަނަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައެވެ.

ޕޮލިސްލައިފް ވެބްސައިޓުގައި ފުލުހުން ހާމަކުރި ގޮތުގައި ނައްތާލާފައި ވަނީ 4 މައްސަލައެއްގައި ހިމެނޭ 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެވެ. ފުލުހުން ހާމަކުރި ގޮތުގައި މިތަކެއްޗަކީ 21 އޮކްޓޫބަރު 2018 އިން 20 ޖޫން 2019 ގެ ނިޔަލަށް އެކި ދުވަސް މަތިން، އިފުރު އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިތަކެތި ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާ ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ޙާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close