ޙަބަރުރ.އަތޮޅު

އަނގޮޅިތީމް ކައުންސިލުން ގޭގެއިން ކުނި ނަގަން ފަށައިފި

އަނގޮޅިތީމުގައި ކުނި ރަނގަޅު ގޮތުގައި މެނޭޖުކުރުމަށް އަނގޮޅިތީމް ކައުންސިލުން ގޭގެއިން ކުނި ނަގަން ފަށައިފިއެވެ. އަނގޮޅިތީމް ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އެ ކައުންސިލުން މި ގޮތަށް ކުނި ނަގަން ފަށާފައި ވަނީ މިމަހުން ފެށިގެންނެވެ.

އަނގޮޅިތީމް ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އެ ކައުންސިލުން ނިންމާފައި ވަނީ މި ޖުލައި މަހުގެ ނިޔަލަށް ހުރިހާ ގެއަކުން އެއްވެސް އަގަކާ ނުލާ ކުނި ނަގައިދޭ ގޮތަށެވެ. އެހެން ނަމަވެސް ޖުލައި މަހުގެ ފަހުން ކުނި ނެގުމަށް ފީ އެއް ނަގަން ފަށާނެ ކަމަށާއި ޖުލައިގެ ފަހުން ކައުންސިލުން ކުނި ނަގާނީ އެކަމަށް ބޭނުންވާ ގޭގެއިން ކަމަށާއި އެ ގޭގެއާ އެކު ކުނި ނެގުމަށް ކައުންސިލުން އެއްބަސްވުމުމެއް އެކުލަވާލާނެ ކަމަށެވެ.

އަނގޮޅިތީމް ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ކުނި މެނޭޖު ކުރުމަށް ކައުންސިލުން ފަށާފައިވާ މަސައްކަތުގައި ހަރަކާތްތެރިވާނީ އެ ކައުންސިލުން އެކަމަށްޓަކައި ނަގާ މުވައްޒަފުންނެވެ. އަދި ކުނި ނައްތާލުމާ މެނޭޖު ކުރުމުގެ ކަންކަން ކުރިއަށް ދާނީ އަނގޮޅިތީމްގެ ކުނި ކޮށީގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުގައެވެ.

އަނގޮޅިތީމް ކައުންސިލުން ކުނި މެނޭޖް ކުރުން

އަނގޮޅިތީމް ކައުންސިލުން ބުނި ގޮތުގައި މި ކަމުގައި ވަރަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާ ކަމަށާއި އެކަމަށްޓަކައި އެ ފަރާތްތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close