ޙަބަރުރ.އަތޮޅު

އުނގޫފާރު ސްކޫލުން އަތޮޅަށް ހުޅުވާލައިގެން ބުކް ފެއާރ އެއް ބާއްވަނީ

އުނގޫފާރު ސްކޫލުން މުޅި ރ.އަތޮޅަށް ހުޅުވާލައިގެން ބުކް ފެއާރ އެއް ބޭއްވުމަށް ނިންމައިފިއެވެ. މި ބުކް ފެއާރ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ 13 ޖުލައި 2019 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އުނގޫފާރު ސްކޫލްގައެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތުދޭ ގޮތުގައި މި ބުކް ފެއާގައި އުނގޫފާރު ބުކްފުލް ފިހާރައިގެ ގެ އިތުރުން  ރާއްޖޭގެ ބޮޑެތި ފޮތް ފިހާރަތައް ކަމުގައިވާ ނޮވެލްޓީ ބުކްޝޮޕް، އަޝްރަފީ ބުކްޝޮޕް، ރީޑާސް ބުކްޝޮޕް އަދި މެސެޖް އޮފް އިސްލާމް އިން ބައިވެރިވާނެ އެވެ. މި ބުކް ފެއާގަ އެކި ކަހަލަ ޢިލްމީ ފޮތްތައް ވަރަށް އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އުނގޫފާރު ސްކޫލުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި މި ބުކް ފެއާގެ މަޤުސަދަކީ ދަރިންގެ ހިތްތަކުގައި ފޮތް ކިއުމަށް ލޯބި ޖައްސާ، ދަރިންނަކީ ފޮތްތެރި ޢިލްމީ ބަޔަކަށް ހެދުމައްޓަކައި އެ ކުދިންނަށް ފޮތް ފޯރުކޮށް ދިނުމަށް ބާރުއެޅުމެވެ. އަދި ގޭތެރޭގައި ވެސް “ބުކް ކޯނާ” ފަދަ ތަންތައް ޤާއިމުކޮށް، ގޭތެރޭގެ މާހައުލަކީ ފޮތް ކިއުމުގެ އާދަ އަށަގައިންފައިވާ މާހައުލަކަށް ހެދުމަށް ބާރު އެޅުމެވެ.

މި ބުކް ފެއާރ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ރ.އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލާފައެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މި ބުކް ފެއާގައަށް ޒިޔާރަތްކޮށް ފޮތް ބައްލަވައި ގަތުމަކީީ އުނގޫފާރު ސްކޫލްގެ ވަރަށް ބޮޑު އެދުމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close