ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރު

“ރ އަތޮޅު ބަށިބޯޅަ ލީގް 2019” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރ އަތޮޅު ބަށިބޯޅަ ލީގް 2019

24 އޮގަސްޓް 2019 ގައި ފެށުމަށް ހަމަޖެހިފައިވާ “ރ އަތޮޅު ބަށިބޯޅަ ލީގް 2019” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުނގޫފާރު އިޖުތިމާއީ މަރުކަޒުން މިކަމަށްއެދި ކޮށްފައިވާ އިއުލާނުގައި ވާގޮތުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރަން ފަށާނީ 20 ޖުލައި 2019 ވާ ހޮނިހިރު ދުވަހުން ފެށިގެން އުނގޫފާރު އިޖުތިމާއީ މަރުކަޒުންނެވެ. އަދި ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީހަކީ 30 ޖުލައި 2019 ވާ އަންގާރަ ދުވަހެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހަވީރު 15:30 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 23:30 އަށެވެ.

މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ޔޫތު އެސޯސިއޭޓް އަލްފާޟިލް އަހުމަދު ޝާހިދު ވިދާޅުވީ މިމުބާރާތުގެ ޗެމްޕިއަންޓީމަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އިނާމުގެ ގޮތުގައި ލިބޭނެ ފައިސާގެ އަދަދު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

2016 ވަނަ އަހަރު އުނގޫފާރުގައި ބޭއްވި ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ ރ.އަތޮޅު ލީގުގައި ޖުމްލަ 9 ޓީމާއެކު ބައިވެރިވިއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ އުނގޫފާރުން ބައިވެރިވި 3 ޓީމާއި، ރ.ހުޅުދުއްފާރުން ބައިވެރިވި 1 ޓީމާއި، ރ.ދުވާފާރުން ބައިވެރިވި 2 ޓީމާއި، ރ.އިނގުރައިދޫން ބައިވެރިވި 2 ޓީމާއި، ރ.އަލިފުށިން ބައިވެރިވި ޓީމެކެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިނގުރައިދޫ އެކުވެރިންގެ ރޫޙް 1 ވަނަ ޓީމެވެ.

24 އޮގަސްޓް 2019 ގައި ފެށިގެންދާ މިމުބާރާތަކީ ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަން އާއި އުނގޫފާރު އިޖުތިމާއީ މަރުކަޒު އަދި އުފާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close