ޚަބަރުރަށު ކުޅިވަރު

“ޔޫ އެޗު އެލް ޓޮޕް ވަން ލީގު” ގެ ކުޅުން ރޭ ފެށިއްޖެ

ޔޫ އެޗު އެލް ޓޮޕް ވަން ލީގު

އުނގޫފާރު ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް އުނގޫފާރު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ “ޔޫ އެޗު އެލް ޓޮޕް ވަން ލީގު” 6 ޓީމާއެކު އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓުސަލް ދަނޑުގައި ފަށައިފިއެވެ. މިލީގުގައި ވާދަކުރަނީ ތިޔަމަސް އެކްސް، ޔަންގް ސްޓަރ، ޔަންގް ބޯއީސް، އުނގޫފާރު ޕޮލިސް، ދަ ޑަބަލް އެލް އާއި ޗެލްސީ މެގަރއެވެ.

ލީގު ފެށުމުގެ ގޮތުން ރޭވަނީ 3 މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޔަންގްސްޓަރ އާއި ތިޔަމަސް އެކްސްއެވެ. މި މެޗު ނިމުނީ 5 ލަނޑު 1 ލަނޑުގެ ނަތީޖާ އަކުން ތިޔަމަސް އެކްސް މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ގޯލްތައް ކާމިޔާބު ކޮށްދިނީ މަމްދޫހު އަބްދުލް ޤާދިރު 3 ލަނޑު އަދި ސައުދުﷲ ހުސައިން 2 ލަނޑެވެ. މި މެޗުގައި ޔަންގް ސްޓާރ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަލީ އުނޭޝްއެވެ.

ރޭ ކުޅުނު 2 ވަނަ މެޗުގައި ބައްދަލުކުރީ އުނގުފާރު ޕޮލިސް އާއި ޔަންގް ބޯއީސްއެވެ. ފޯރިގަދަ ކުޅުމެއް މެފިގެންދިޔަ މި މެޗު 6 ލަނޑު 5 ލަނޑުން ކާމިޔާބު ކުރީ ޔަނގް ބޯއީސްއެވެ. ޔަންގް ބޯއީސްގެ ލަނޑު ތައް ކާމިޔާބު ކޮށްދިނީ ޔާސީން ފިރާޤް އާއި މުހައްމަދު އިފްލާކް މިއިން ކޮންމެ ކުޅުންތެރިއަކު 2 ލަނޑު އަދި އަލީ މިމްރާހް އާއި ހުސައިން އިރުޝާދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑެވެ. ޕޮލިސް ޓީމްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސައިން ޝިޔާމް އަދި މުހައްމަދު އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު 2 ލަނޑު އަދި އާސިފް އަހުމަދު 1 ލަނޑެވެ.

ރޭ ކުޅުނު 3 ވަނަ މެޗުގައި ބައްދަލު ކުރީ ދަ ޑަބަލް އެލް އާއި ޗެލްސީ މެގައެވެ. މި މެޗު 12 ލަނޑު 4 ލަނޑުން ކާމިޔާބު ކުރީ ދަ ޑަބަލް އެލްއެވެ. ޑަބަލް އެލްގެ އަލީ އަރުޝަދު 7 ލަނޑު ކާމިޔާބު ކޮށްދިންއިރު މުހައްމަދު މުއީން 3 ލަނޑު އަދި މުރުތަލާ މުހައްމަދު މުހައްމަދު އިލްހާމް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބު ކޮށްދިނެވެ. ޗެލްސީ މެގަރ ގެ ލަނޑު ތައް ކާމިޔާބުކޮށްދިނީ ތޯހާ ހަނީފް 2 ލަނޑު އަދި މުހައްމަދު ލުތުފީ އާއި ފަޒްލާން އާސިފް މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ.

މިރޭވެސް ލީގުގެ މެޗުތައް ކުރިއަށްދާނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޔަންގް ސްޓާރ އަދި ދަ ޑަބަލް އެލްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ތިޔަމަސް އެކްސް އަދި ޔަންގް ބޯއީސްއެވެ. މިރޭގެ މެޗުތައް 20:30 ފެށިގެން އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާނެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ޔޫ އެޗް އެލް ޓްރޭޑް އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close