ޚަބަރުރަށު ކުޅިވަރު

ދެވަނަ މެޗުން މޮޅުވެ ތިޔަމަސް އެކްސް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފި

ޔޫ އެޗު އެލް ޓޮޕް ވަން ލީގު

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ “ޔޫ އެޗް އެލް ޓޮޕް ވަން ލީގު”ގައި ރޭ ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު ދެވަނަ މެޗުގައި ޔަންގް ބޯއީސްގެ މައްޗަށް ތިޔަމަސް އެކްސް ކުރި ހޯދައިފިއެވެ.

ރޭ ކުޅެވްނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ދަ ޑަބަލް އެލް އާއި ޔަންގްސްޓަރއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ  މިމެޗު ޑަބަލް އެލްއިން 2-3 ން މޮޅުވާން ދަނިކޮއް 22 މިނެޓުގައި މުހައްމަދު ސާއިފު ޖެހި ލަނޑުން މެޗު ނިމުނީ 3 ލަނޑު 3 އެއްވަރު ވެގެންނެވެ. މި މެޗުގައި ދަ ޑަބަލް އެލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު މުއީން 2 ލަނޑު މުރުތަލާ މުހައްމަދު 1 ލަނޑެވެ. ޔަންގްސްޓަރގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސިންދުބާދު އާއި ހުސެއިން ރިމާޒު އަދި މުހައްމަދު ސާއިފް މިއިން ކޮންމެ ކުޅުންތެރިޔަކު 1 ލަނޑެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ޔަންގް ބޯއީސްގެ މައްޗަށް ތިޔަމަސް އެކްސްއިން ކުރި ހޯދީ 0-3 ނެވެ. މިއީ ތިޔަމަސް އެކްސް ލީގުގައި މޮޅުވި ދެވަނަ މެޗެވެ. މިނަތީޖާ އާއެކު ތިޔަމަސް ވަނީ ކުޅުނު ދެމެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގަ ހަމަޖެހިލާފައެވެ. މި މެޗުގައި ތިޔަމަސް އެކްސް ޖެހި 3 ލަނޑު ކާމިޔާބު ކޮއްދިނީ މަމްދޫހު އަބުދުލު ޤާދިރު އާއި ސައުދުﷲ ހުސައިން އަދި ހަސަން ފަޒީލު މިއިން ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑެވެ.

ލީގުގެ ކުޅުން މިރެއަކު ނޯންނާނެއެވެ. ދެން ކުޅުން އޮންނާނީ މާދަމާރޭއެވެ. މަދަމާރޭ ފުރަތަމަ މެޗުގާއި ބައްދަލުކުރާނީ ދަ ޑަބަލް އެލް އަދި ޔަންގްބޯއީސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޔަންގްސްޓަރ އަދި ޗެލްސީ މެގައެވެ. މާދަމާގެ މެޗުތައް 30؛20 ފެށިގެން އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާނެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ  ޔޫ އެޗު އެލް ޓުރޭޑު އެވެ.

UHL Top One League
POINTGDGFGADLWPlayedTeamNo.
67810022Thiyamus-X1
481571012Double L2
32-680112Young Boys3
14-481102Young Star4
08-4120101Chelsea Mega5
01-560101Police6
ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close