ރިޕޯޓް

ގޮތް ނޭގޭ އެތައް ވޭނެއް ތަހަންމަލު ކުރަމުންދާ ސުޖާއަށް ދީލަތި އެހީއަކަށް ބޭނުންވެފައި

ދުލަހެޔޮ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަކީ ކޮންމެ ޒުވާނަކު ވެސް ކުރާނެ އުންމީދެކެވެ. ޒަވާޖީ ހަޔާތެއް ފެށުމާ އެކު ހަމަޖެހިލުމަށް ދިރިއުޅުމަށާއި އާއިލާއެއް ބިނާކޮށް ކުރިއަށް ދިއުމަށް ކޮންމެ މީހަކު ވެސް ފޮނި އުންމީދުތަކެއް ކުރެއެވެ. އެހެން ނަމަވެސް ދިމާވާ ސިއްޙީ ހާލަތެއްގެ ސަބަބުން މިކަން ކަމަށް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކީ މާލެއަށް އުފަން އުމުރުން 30 އަހަރުގެ ޒުވާނެއް ކަމުގައިވާ ދަފުތަރު ނަމްބަރު 1140 އަހުމަދު ސުޖާއު (ސުޖާ) އެވެ.

އަންހެނުންނާ އެކު ގއ.ދާންދޫ ގައި މިހާރު ދިރިއުޅުމުންދާ ސުޖާ ގެ ސިއްޙީ މައްސަލަ އެއް އެންމެ ފުރަތަމަ ކުރިމަތިވީ އޭނާ އެންމެ ކުޑަ އިރުއެވެ. އޭރު ހަށިގަނޑުގައި ބިހިތަކެއް ނަގަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ބުނެފައި ވަނީ ލޭގައި އިންފެކްޝަނެއް އުފެދި ދިމާވާ ކަމެއް ކަމުގައެވެ. މީގެ ސަބަބުން ހަށިގަނޑު ދުޅަވާ ކަމަށް އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ސުޖާގެ އަންހެނުން ބެނެފައިވެއެވެ.

ވޭތުވެ 5 މަހެއްހާ ދުވަހުގެ ތެރޭގައި ސުޖާގެ ސިއްޙީ ހާލަތު މި ވަނީ ވަރަށް ބޮޑަށް ގޯސްވެ އެތަކެއް ވޭނެއް ތަހަންމަލު ކުރަން ޖެހިފައެވެ. ސުޖާގެ އަންހެނުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި ފަހަކަށް އައިސް ސުޖާއަށް ނޭގޭ އެތައް ގޮތްތަކެއް ވާން ފެށި ކަމަށެވެ. އޭގެ ތެރޭގައި އަތްފައި ދުޅަވެ އައްސި ވުމާއި މޭގައި ވަރަށް ގަދައަށް ރިއްސާ ނޭވާ ހާސްވާ ކަމަށެވެ. ފިރި މީހާގެ ސިއްޙީ ހާލަތު ގޯސްވަމުން ދިއުމުން ޑޮކްޓަރަށް ދެއްކި ނަމަ ވެސް އޭރު ޑޮކްޓަރަށް އަސްލު ވަނީ ކީއްކަން ބުނެދޭން ނޭނގުނު ކަމަށް ސުޖާގެ އަންހެނުން މަޢުލޫމާތު ދިނެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ތަދު މަޑު ކުރުމަށް ޕެއިން ކިލާސް ފަދަ ބޭސްތައް ދިނުމަށް ފަހު ރަނގަޅުވާނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ސުޖާގެ ހާލަތައް އިތުރު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އޭނާގެ އަންހެނުން މަޢުލޫމާތު ދިނެވެ.

ސުޖާގެ ހާލަތައް ކުރި އުރުމެއް ނައުމުން އޭނާ ވަނީ ދާދި ފަހުން އައިޖީއެމްއެޗް އަށް ވެސް ދައްކާފައެވެ. އައިޖީއެމްއެޗް އެމްއާރްއައި، ސީޓީ ސްކޭން އަދި އިތުރު ޓެސްޓުތައް ހެދުމުން އެނގުނީ ސުޖާގެ ސިކުނޑީގައި ލޭގަނޑުވެ މައިބަދާގައި ފެން އުފެދިފައިވާ ކަމެވެ. އައިޖީއެމްއެޗް އިން ހެދި ޓެސްޓުތަކުން ސުޖާގެ އަތްފައި އައްސި ވަނީ ކީއްވެގެން ކަން ބުނެދޭން ނޭގުނު ކަމަށް ސުޖާގެ އަންހެނުން މަޢުލޫމާތު ދިނެވެ.

ސުޖާގެ ދެމަފިރިން އެންމެ ފަހުން މި ވަނީ އިންޑިއަށް ގޮސް އަމްރިތާ ހޮސްޕިޓަލަށް ވެސް ޑޮކްޓަރަށް ދައްކާފައެވެ. އަމްރިތާ ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން ބުނެފައި ވަނީ ސުޖާގެ ސިކުނޑީގެ ނާރެއް ބެދިފައިވާ ކަމަށެވެ. އިންޑިއާގައި ފަރުވާ ކުރުމަށް ފަހު އެނބުރި ރާއްޖެ އައިތާ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ސުޖާގެ ހާލަތު އިތުރަށް ގޯސްވާން ފަށާފައިވާ ކަމަށް މިވަގުތު އޭޑީކޭއަށް ޑޮކްޓަރަށް ދެއްކުމަށް މާލޭގައި ހުރި ސުޖާގެ އަންހެނުން ބުންޏެވެ.

އޭޑީކޭ ހޮސްޕީޓަލުން ހެދި ޓެސްޓުތަކުން އެނގިފައިވާ ގޮތުގައި ސުޖާގެ ލިވާ އަށް ވެސް ވަނީ މައްސަލަ ދިމާވެފައެވެ. ލިވާގެ ބައެއް ޓެސްޓުތަކާ ނާރުގެ އިތުރު ޓެސްޓުތައް ރާއްޖެއިން ހެދެން ނެތުން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ. އެހެން ނަމަވެސް މިކަމަށް ރާއްޖޭގެ ބޭރުގައި ހޭދަކުރަން ޖެހޭނީ ކިހާ ދުވަހެއް ކަމެއް ނޭނގުމާއި އިންތިހާއަށް ފައިސާގެ ދަތިކަން ކުރިމަތިވެފައި ވުމަކީ ފިރިމީހާގެ ފަރުވާއަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ސުޖާގެ އަންހެނުން ބުނި ގޮތުގައި އެ ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އައީ ހަމައެކަނި ފިރިމީހާއަށް ލިބޭ އެއްޗަކުންނެވެ. އެހެން ނަމަވެސް ބަލިހާލަތު ހުރި ގޮތުން މިހާރު ފިރިމީހާ ވަޒީފާ އަދާކުރުމަށް ދަތިވެފައި ވާކަމަށާއި މިހާރު ވެސް މި އުޅެވެނީ އާއިލާގެ މީހުންގެ ފަރާތުން ލިބޭ އެހީތެރިކަމުން ކަމުގައި ސުޖާގެ އަންހެނުން މަޢުލޫމާތު ދިނެވެ.

ސުޖާގެ އަންހެނުން ބުނި ގޮތުގައި ފައިސާއެއް ހޯދަން މަސައްކަތެއް ކުރެވޭނެ ގޮތެއް ނެތި މިހެން އޮންނަން ޖެހުމުން ފިރިމީހާ ގޮވައިގެން އިންޑިއާއަށް ދެވޭނެ ގޮތެއް ވަނީ ނެތިފައެވެ. އެހެން ކަމުން ސުޖާގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ފައިސާގެ އެހީތެރިކަމެއް ލިބިގެން ކަމުގައި ވާތީ ސުޖާގެ އަންހެނުން އެދެނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމެކެވެ.

ސުޖާއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓު ނަމްބަރަށް ފައިސާ ޖަމާކުރުމަށް އާއިލާއިން އެދެއެވެ.

އެކައުންޓު ނަމްބަރު: 7704441020101

އެކައުންޓުގެ ނަން: ޝަރުމީލާ އާދަމް

އަދި އިތުރު މަޢުލޫމާތު ހޯދުމަށް 7999203 އަދި 9818778 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އާއިލާއިން އެދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close