ކޮވިޑް-19

ރަށު ކުޅިވަރުކުޅިވަރު

އުނގޫފާރު ޕޮލިސް ގަދަފަދަ ޑަބަލް އެލް މޮޅުވިޔަ ނުދީ ހިފަހައްޓާފި!

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުން ިއިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ “ޔޫ އެޗް އެލް ޓޮޕް ވަން ލީގު”ގެ ރޭގެ މެޗުން ތިޔަމަސް މޮޅުވޭ އަދި ދަ ޑަބަލް އެލް އާއި އުނގޫފާރު ޕޮލިސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ދަ ޓަބަލް އެލް އަދި އުނގޫފާރު ޕޮލިސް އެވެ. މި މިޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ޑަބަލް އެލް ގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މި ހަމަލާތައް ދިފާއުކޮށް ޑަބަލް އެލް ހުއްޓުވުމުގާ މުހިންމު ދައުރެއް އަދާކުރީ އުނގޫފާރު ޕޮލިސް ގެ ކީޕަރު ލިޖޯ އެވެ. މި މެޗުގާ ޑަބަލް އެލް އައް ލަނޑު ޖަހާދިނީ ނައުފަލު ހަސަންއެވެ. އުނގޫފާރު ޕޮލިސްގެ ލަނޑު ޖަހާދިނީ އިގުބާލް އެވެ.

ރޭ ކުޅެވުނު ދެވަނަަ މެޗުގައި ބައްދަލު ކުރީ ތިޔަމަސް އެކުސް އަދި ޗެލްސީ މެގަރ އެވެ. މި މެޗު ނިމުނީ 0-8 ން ތިޔަމަސް މެޗު ކާމިޔާބު ކޮއްގެންނެވެ. މި މެޗުގައި ތިޔަމަސްގެ  ލަަނޑުތައް ކާމިޔާބު ކޮށްދިނީ މަމްދޫހު އަބުދުލް ޤާދިރު 5 ލަނޑު އަދި ސައުދުﷲ ހުސައިންް، ހަސަން ފަޒީލު މިއިން ކޮއްމެ ކުޅުންތެރިޔަކު  1 ލަނޑެވެ. ދެން ފެނިގެން ދިޔައީ ޗެލްސީ މެގަރގެ ކީޕަރު އަތުން ބައިކޮޅައް ވައިން ގޯލައެކެވެ.

މި ރޭވެސް ލީގުގެ މެޗުތައް ކުރިއަށްދާނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔަންގް ސަޓަރ އަދި ޔަންގް ބޯއީސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ތިޔަމަސް އެކްސް އަދި އުނގޫފާރު ޕޮލިސްއެވެ. މާދަމާގެ މެޗުތައް 20:30 ފެށިގެން އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާނެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ  ޔޫ އެޗު އެލް ޓުރޭޑު އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް
avatar
Close