ޚަބަރުރ.އަތޮޅުވިޔަފާރި

2019 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި 29 ޖުލައި ގައި ހަމަވާނެ

މިއަހަރުގެ 2 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖުލައި 2019 ވާ ހޯމަ ދުވަހެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީއަށް ރަޖިސްޓްރީވެފައިވާ ހުރިހާ ވިޔަފާރިތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ވެފައިވާ ފަރާތަކުން ވިޔަފާރި ކުރިއަށް ނުދާކަމުގައިވިޔަސް ބަޔާން ހުށަހަޅަންޖެހެއެވެ. ދެވަނަ ކުއާޓަރުގައި ހިމެނެނީ އޭޕްރީލް، މެއި އަދި ޖޫން މަހެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖީ.އެސް.ޓީ ބަޔާންތައް ބަލައިގަންނާނީ މީރާގެ ކައުންޓަރުތަކުންނާއި، މީރާގެ ސެންޓަރެއް ނެތް އަތޮޅުތަކުގައި އެއަތޮޅެއްގެ އަތޮޅު އޮފީހުންނެވެ. އަދި މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ބަޔާން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ.  މީރާ ކަނެކްޓުގައި ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހެނީ  MIRA 111 “މީރާ ކަނެކްޓް އެކައުންޓް ރިކުއެސްޓް” ފޯމެވެ.

ސުންގަޑީގެ ފަހުން ބަޔާން ހުށަހަޅާ ވިޔަފާރިތަކުން ޖޫރިމަނާއާއި ކުރިމަތިލާން ޖެހުމަކީ ބައެއް ވިޔަފާރިވެރިންގެ ކިބައިން އަޑުއިވޭ ވާހަކަތަކެކެވެ. އެހެންކަމުން ސުންގަޑިއަށް މަޑުނުކުރައްވާ ބަޔާން ހުށަހެޅުއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދެކެމެވެ. ޖީ.އެސް.ޓީ ބަޔާނުގެ ގޮތުގައި ހުށަހަޅަން ޖެހެނީ MIRA205  ފޯމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close