ރަށު ކުޅިވަރުކުޅިވަރު

ތިޔަމަސް އެކްސް އިން ޑަބަލް އެލް ބަލިކޮށްފި

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ޔޫއެޗްއެލް ޓޮޕް ވަން ލީގު” ގެ ރޭގެ މެޗުތައް ތިޔަމަސް އެކްސް  އަދި އުނގޫފާރު ޕޮލިސް ކާމިޔާބުކޮށްފިައެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ތިޔަމަސް އެކްސް އަދި ޑަބަލްއެލް އެވެ. އެންމެން އުންމީދު ކުރި ފަދައިން މި މެޗު ވެގެން ދިޔައީ މި ލީގުގައި ފެނިގެން ދިޔަ އެންމެ ފޯރިގަދަ މެޗަށެވެ. އުނގޫފާރުގެ ފުޓުބޯޅާގައި އެންމެ ކާމިޔާބު 2 ޓީމުގެ ކުރިމަތިލުމުގައި 4-1 ން މެޗު ކާމިޔާބު ކުރީ ތިޔަމަސް އެކްސް އެވެ.

އެންމެ ފަހުން ބޭއްވި ތިޔަމަސް އެކްސް ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޑަބަލް އެލްގައި އެ މުބާރާތް ކާމިޔާބު ކުރި ޓީމުގެ 5 ކުޅުންތެރިން ހިމަނައިގެން ގަދަޔަށް ކުޅެމުން ދިޔަ ނަމަވެސް ރޭގެ މެޗުގައި ޑަބަލްއެލް އަށް ތިޔަމަސްގެ މަމްދޫހު އަބްދުލް ގާދިރު (މަންޑޭ) ފަދަ ކުޅުންތެރިންގެ އުނދަގޫ ވަރަށް ބޮޑަށް ފޯރިއެވެ. މީގެ އިތުރުން ތިޔަމަސްގެ ޑިފެންސް ޔޫއެފްސީގެ ކެޕްޓަން އުޒައިރު ބަލަހައްޓަމުން ދިއުމަކީ ރޭގެ މެޗުގައި ޑަބަލްއެލް އަށް ކުރިމަތިވި ޗެލެންޖެކެވެ. ރޭގެ މެޗުގައި ތިޔަމަސް އަށް މަމްދޫހު އަބްދުލް ގާދިރު (މަންޑޭ) 2 ލަނޑު ޖަހައިދީފައި ވާއިރު ޤުޒައިރު ޙަސަން އަދި އިސްމާއިލް ވަނީ ލަނޑެއް ޖަހާފައެވެ.

ރޭގެ 2 ވަނަ މެޗުގައި ބައްދަލު ކުރީ އުނގޫފާރު ޕޮލިސް އަދި ޗެލްސީ މެގައެވެ. މި މެޗު 6- 2 ން ކާމިޔާބު ކުރީ އުނގޫފާރު ޕޮލިހެވެ. މި މެޗުގައި އުނގޫފާރު ޕޮލިސް ޓީމުގެ ސިޔާމް އަދި އިޤުބާލް ވަނީ ހެޓްރިކް ހަދާފައެވެ. ޗެލްސީ މެގަގެ ލަނޑުތައް ކާމިޔާބުކުރީ ޔާސިރު އަދި ނަޒްރަތުއެވެ.

މި ނަތީޖާއާ  އެކު ތިޔަމަސް އެކްސް ވަނީ ކުޅުނު 4 މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު ތަވާލުގެ 1 ވަނަ އަށް ޖެހިލާފައެވެ. ޑަބަލް އެލް އޮތީ  8 ޕޮއިންޓާ އެކު ތާވަލުގެ 2 ވަނާގައެވެ.

މި މުބާރާތުގެ 2 މެޗެއް މިރޭ ވެސް ކުޅެން ހަމަޖެހިފައިވެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ޔަންގް ސްޓާރ އަދި ޔަންގް ބޯއީސް ބައްދަލު ކުރާ އިރު 2 ވަނަ މެޗުގައި ބައްދަލު ކުރާނީ ތިޔަމަސް އެކްސް އަދި އުނގޫފާރު ޕޮލިހެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close