ރަށު ކުޅިވަރުކުޅިވަރު

އެއްވެސް މެޗަކުން ބަލިނުވެ ތިޔަމަސް އެކްސް ފުރަތަމަ ލެގް ނިއްމާލައިފި

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ “ޔޫ އެޗް އެލް ޓޮޕް ވަން ލީގު”ގެ ރޭގެ މެޗުތައް ޔަންގްސްޓާރ އަދި ތިޔަމަސް އެކްސް ކަާމިޔާބު ކޮއްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޔަންގްސްޓާރ އަދި ޔަންގް ބޯއީސް އެވެ. މި މިޗު ނިމުނީ 0-10 ތަފާތު ބޮޑު ނަތީޖާއަކުން ޔަންގުސްޓާރ މޮޅުވެގެންނެވެ. އާދާގެ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގަ ޔަންގުސްޓާރ އަަށް ގޯލަތައް ކާމިޔާބު ކޮއްދިނީ އަރީސް 4 ގޯލަ އާއި އުނައިސް 2 ގޯލަ އަދި ފަތުހުﷲ، ރިމާޒް، ސިންދުބާތު މިއިން ކޮއްމެ ކުޅުންތެރިޔަކު 1 ގޯލައެވެ. މި މެޗުގަ ވަނީ އޮވްން ގޯލަ އެއްވެސް ފެނިފައެވެ. އެ ގޯލަ ބައިކޮޅަށް ވަނީ މިސްބާހުގެ ބޮލުގަ ޖެހިފައެވެ

ރޭ ކުޅެވްނު ދެވަނަަ މެޗުގައި ބައްދަލު ކުރީ ތިޔަމަސް އެކުސް އަދި އުނގޫފާރު ޕޮލިސް އެވެ. މި މެޗު ނިމުނީ 1-9 ތިޔަމަސް އެކްސް މެޗު ކާމިޔާބު ކޮއްގެންނެވެ . މި މެޗާއެކު  ތިޔަމަސް އެކްސް ވަނީ ލީގު    ގަ ފުރަތަމަ ލެގުގާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާ އެކު ފުރަތަމަ ލެގް ނިއްމާލާފައެވެ. މި މެޗުގަ    ލަަނޑުތައް ކާމިޔާބު ކޮށްދިނީ މަމްދޫހު 4 ގޯލަ، ސައުދުﷲ، ރައިހާން، މިއިން ކޮއްމެ ކުޅުންތެރިޔަކު 2 ގޯލަ އަދި ސާމިލް 1 ގޯލައެވެ. ޕޮލިސް ގެ ގޯލަ ކާމިޔާބު ކޮއްދިނީ ސިޔާމުއެވެ.

ޔޫ އެޗު އެލް ޓޮޕު ވަން ލީގު ގެ ފުރަތަމަ ލެގުގެ ކުޅެން ހަމަ ޖެހިފަވާ މެޗުތައް ރޭ ވަނީ ނިމިފައެވެ. މި ލެގު ނިމުނު އިރު ކުޅުނު 5 މެޗުން މޮޅުވެ 15 ޕޮއިންޓު ހޯދައިގެން 1 ވަނާގައި އޮތީ ތިޔަމަސް އެކުސްއެވެ. 2 ވަނާގަ އޮތީ 10 ޕޮއިންޓު ހޮދާގެން ޔަންގް ސްޓާރއެވެ. 3 ވަނާގަ އޮތީ 8 ޕޮއިންޓު ހޮދާގެން ދަ ޑަބަލް އެލްއެވެ. ޔަންގުބޯއީސް 6 ޕޮއިންޓާ އެކު 4 ވަނަ ލިބޭއިރު އުނގޫފާރު ޕޮލިސް 5 ވަނަ ލިބޭނީ 4 ޕޮއިންޓު ލިބިގެންނެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޓޭބަލްގެ އެންމެ ފުލުގާ އޮތީ ޗެލްސީ މެގަރއެވެ.

މިރޭ ވަނީ ލީގުގެ 2 ވަނަ ލެގް ގެ މެޗުތައް ކުޅުމައް ހަމަޖެހިފައެވެ. އެގޮތުން މިރޭ 3 މެޗު       ކުޅޭނެއެވެ. ފުރަތަމަ މެޗުގާއި ބައްދަލުކުރާނީ ޔަންގް ސަޓަރ އަދި ތިޔަމަސް އެކްސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޔަންގު ބޯއީސް އަދި އުނގޫފާރު ޕޮލިސްއެވެ. ތިންވަނަ މެޗުގާ ބައްދަލުކުރާނީ ދަ ޑަބަލް އެލްއެވެ. މިރޭގެ މެޗުތައް 20:30 ފެށިގެން އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް   ދަނޑުގައި ކުރިއަށްދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
antiVX campaign Recent comment authors
antiVX campaign
Guest
antiVX campaign

someone say Goala 😂

Close