ޙަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖުމަންޓު އިތުރަށް ވަރުގަދަ ކުރަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖުމަންޓު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ސީނިއާ މަޤާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ. ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާންގައި ފުރުސަތު ހުޅުވާލާފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޑިރެކްޓަރ ޖެނެރަލަކާއި، ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލަކާއި އެކި ޑިޕާޓުމެންޓު ތަކުގެ ޑިރެކްޓަރުންނަށް މީހުން ހޯދާށެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ޑިރެކްޓަރުން ހޯދަން އިއުލާންކޮށްފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ފައިނޭންސް ސެކްޝަން އަށާއި، ޕްރޮކިއުމެންޓް ސެކްޝަން އަށާއި، ހިއުމަން ރިސޯސް ސެކްޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަނަށެވެ.

މި މަޤާމުތަކުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ މީހުންގައި ހުންނަން ޖެހޭ ސަރުތަކީ  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއިން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައ ވުމެވެ. ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލެވެލް 9 އެއްގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމެވެ.

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ މީހުންގައި ހުންނަން ޖެހޭ ސަރުތަކީ  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައ ވުމެވެ. ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލެވެލް 9 އެއްގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމެވެ.

މީގެ އިތުރުން ޑިރެކްޓަރުންގެ ޑިރެކްޓަރުންގެ މަޤާމަށް ނަގާ މީހުންގެ ކިބާގައި ހުންނަން ޖެހޭ ސަރުތަކީ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައ ވުމެވެ. ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލެވެލް 9 އެއްގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމެވެ.

މިނިސްޓުރީގެ އިއުލާންގައި މި މަޤާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

ސަރުކާރުން މަތީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްތަކުގެ ތެރޭގައި މި ހޮސްޕިޓަލުތައް ހިމެނޭ އިރު މި ހޮސްޕިޓަލްތަކުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close