ރަށު ކުޅިވަރުކުޅިވަރު

ޔޫއެޗްއެލް ޓޮޕްވަން ލީގުގެ 2 ވަނަ ލެގްގެ މެޗުތައް ރޭ ފެށިއްޖެ

އުނގޫފާރު ޒުވާނުންގެ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޔޫއެޗްއެލް ޓޮޕް ވަން ލީގުގެ 2 ވަނަ ލެގުގެ މެޗުތައް ރޭ ފަށައިފިއެވެ. ރޭ އުނގޫފާރު ކޮމިއުޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތުގެ 2 ވަނަ ލެގުގެ ފުރަތަމަ 3 މެޗުގައި މުބާރާތުގައި ހިމެނޭ 6 ޓީމުގެ ވެސް ކުޅުން ފެނިނެގް ދިޔައެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ފުރަތަމަ ލެގު ހުރިހާ މެޗަކުން މޮޅުވެ މިވަގުތު ތާވަލުގެ 1 ވަނާގައި އޮތް ތިޔަމަސް އެކްސް އާއި ޔަންގު ސްޓާރ އެވެ. މި މެޗު 2-1 ން ކާމިޔާބު ކުރީ ތިޔަމަސް އެކްސް އެވެ. މި މެޗުގައި ތިޔަމަސް ގެ ލަނޑުތައް ޖަހާފައި ވަނީ މަމްދޫހު އަބްދުލް ޤާދިރު އަދި ސައުދުﷲ ހުސެއިންއެވެ.

ރޭގެ 2 ވަނަ މެޗުގައި ބައްދަލު ކުރީ ޔަންގް ބޯއީސް އަދި އުނގޫފާރު ޕޮލިހެވެ. ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މި މެޗު 8-5 އަކުން ކާމިޔާބު ކުރީ ޔަންގް ބޯއީސްއެވެ މި މެޗުގައި ޔަންގް ބޯއީސް ގެ ޝާމް 5 ލަނަޑު ޖަހާފައި ވާއިރު ހުސެއިން އިރުޝާދު ވަނީ 3 ލަނޑު ޖަހާފައެވެ. އަދި ޕޮލިސް ޓީމުގެ މުޙައްމަދު އަހުމަދު އަދި އިޤްބާލް ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައި ވާއިރު ސިޔާމް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

3 ވަނަ މެޗުގައި ޑަބަލް އެލް އަދި ޗެލްސީ މެގަ ބައްދަލު ކުރި އިރު މި މެޗު 4-2 ން ކާމިޔާބު ކުރީ ޑަބަލްއެލް އެވެ. މި މެޗުގައި ޑަބަލް އެލްގެ ލަނޑުތައް ޖަހާފައި ވަނީ މުރުޠަލޯ އަދި މުއީންއެވެ. މުއީން އަދި މުރުޠަލޯ ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. ޗެލްސީ މެގަގެ ލަނޑުތައް ޖަހާފައި ވަނީ ޔާސިރު އަދި މަމްޝޫގެވެ.

މި މުބާރާތުގައި މިރޭ ވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޔަންގް ސްޓަރ އަދި ޔަންގް ބޯއީސް އެވެ. 2 ވަނަ މެޗުގައި ވާދަކުރާނީ ތިޔަމަސް އެކްސް އަދި އުނގޫފާރު ޕޮލިހެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close