ރަށު ކުޅިވަރުކުޅިވަރު

މަންޑޭގެ 6 ލަނޑާ އެކު ތިޔަމަސް އިން ހުރިހާ މެޗަކުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި

އުނގޫފާރު އިޖުތިމާޢީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ޔޫއެޗް އެލް ޓޮޕް ވަން ލީގު” ގެ 2 ވަނަ ލެގުގެ މެޗުތައް ފެށިގެން ކުރިއަށް ދާއިރު ރޭ ކުޅުނު މެޗުތައް ޔަންގް ސްޓާރ އަދި ތިޔަމަސް އެކްސް ކާމިޔާބުކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ޔަންގް ސްޓާރ އަދި ޔަންގް ބޯއީސް ބައްދަލު ކުރި އިރު މި މެޗު 8-1 ން ކާމިޔާބު ކުރީ ޔަންގް ސްޓާރ އެވެ. މި މެޗުގައި ޔަންގް ސްޓާރ ގެ ގިނަ ކުޅުންެތެރިންތަކެއްގެ ގޯލަ ފެނިގެން ދިޔައެވެ. މި ގޮތުން ފަތުހުﷲ، ސިންދަބާތު، ރިމާޒު އަދި އަދި އަރީޝް ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. އަދި އުނައިސް ވެސް ވަނީ ޔަންގް ސްޓާރއަށް ލަނޑެއް ޖަހައިދީފައެވެ. ޔަންގް ބޯއީސްގެ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޝާމްއެވެ.

ރޭގެ 2 ވަނަ މެޗުގައި ބައްދަލު ކުރީ ތިޔަމަސް އެކްސް އަދި އުނގޫފާރު ޕޮލިހެވެ. ތިޔަމަސް އިން ވަނީ ޕޮލިސް ޓީމު ފަސޭހަ ކަމާއެކު ބަލިކޮށް މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވުވުމުގެ ރިކޯޑު ދަމަހައްޓާފައެވެ. މި މެޗު 7-1 ން ތިޔަަމަސް ކާމިޔާބު ކުރި އިރު އެ ޓީމުގެ މަމްދޫހު އަބްދުލް ޤާދިރު (މަންޑޭ) ވަނީ 6 ލަނޑު ޖަހާފައެވެ. އަދި ތިޔަމަސްގެ ޣުޒައިރު ހަސަން 1 ލަނޑު ޖަހާފައި ވާއިރު ޕޮލިސް ޓީމުގެ ހަމަ އެކަނި ލަނޑު ޖެހީ ސިޔާމްއެވެ.

މި ނަތީޖާއާ އެކު ތިޔަމަސް އިން ވަނީ ކުޅުނު 7 މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާ އެކު ތާވަލުގެ 1 ވަނާގައި ރަސްކަންކުރަން ފަށާފައެވެ. ތިޔަމަސްއާ އެންމެ ގާތުން ތާވަލުގެ 2 ވަނާގައި އޮތް ޔަންގް ސްޓާރ އަށް 7 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. އަދި ޔަންގް ސްޓާރ އަށް ވުރެ 1 މެޗު މަދުން ކުޅު 3 ވަނާގައި އޮތް ޑަބަލްއެލްއަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. މި ނަތީޖާ އެކު ތާވަލުގެ 2 ވަނައަށް އެރުމަށް ޑަބަލް އެލް އާއި ޔަންގް ސްޓާރގެ ވާދަވެރިކަން ބޮޑުވެފައި ވާއިރު ތިޔަމަސް އަށް އެއްވެސް ހާސްކަމެއް ނެތެވެ.

މުބާރާތުގެ މިރޭ ވެސް 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ޑަބަލް އެލް އަދި ޔަންގް ބޯއީސް ބައްދަލު ކުރާ އިރު 2 ވަނަ މެޗުގައި ބައްދަލު ކުރާނީ ޔަންގް ސްޓާރ އަދި ޗެލްސީ މެގައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close