ޙަބަރު

އުނގޫފާރު ކައުންސިލުން ރައްޔިތުންނާއިއެކު ބާއްވާ ބައްދަލުވުން ހުކުރު ދުވަހުގެރޭ ބާއްވަނީ

2019 ވަނަ އަހަރު އުނގޫފާރު ކައުންސިލުން ހިންގަމުންދާ ހަރަކާތްތަކާއި، 2020 ވަނަ އަހަރުގެ އުނގޫފާރު ކައުންސިލް ބަޖެޓް ހުށަހެޅުމާއި، 2020 ވަނަ އަހަރު އުނގޫފާރު ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުން 26 ޖުލައި 2019، ހުކުރު ދުވަހުގެ ރޭ (މާދަމާ ރޭ) 20:30 ގައި އުނގޫފާރު ސުކޫލް ރިހިމާލަމުގައި އޮންނާނެވެ.

މިބައްދަލުވުމުގައި ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ކައުންސިލްގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރަށް ހުށައެޅުމަށް ތައްޔާރުކުރާ ބަޖެޓާއި ބެހޭގޮތުންނެވެ.

އަދި އުނގޫފާރު ރައްޔިތުންގެ ގޮތުން ދެމުންގެންދާ ހިދުމަތްތަށް ކަމަށްވާ އިންޖީނުގެއާއި  އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއާއި އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ އިތުރުން އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައާއި އުނގޫފާރު ރައްޔިތުންގެ ނަރުދަމާ ނިޒާމްގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހުށައެޅުމެވެ.

މިބައްދަލުވުމުގައި ބައިވެރިވުމަށް އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް އުނގޫފާރު ކައުންސިލުން ދަޢުވަތު އަރުވައެވެ.

މިބައްދަލުވުމުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ބައިތައް:

  • އުނގޫފާރު ކައުންސިލްގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުން
  • އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުން
  • އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ވިޔަފާރިގޭގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ނަރުދަމާ ނިޒާމްގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close