ރަށު ކުޅިވަރުކުޅިވަރު

ޔަންގް ސްޓާރ އިން ޕޮލިސް ކޮޅަށް 12 ލަނޑު

އުނގޫފާރު އިޖުތިމާޢީ މަރުކަޒުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ޔޫއެޗްއެލް ފުޓްސަލް ލީގް 2019 ގައި ރޭ ޔަންގް ސްޓާރ އަދި ޕޮލިސް ބައްދަލު ކުރި މެޗު 12-1 ން ޔަންގް ސްޓަރ ކާމިޔާބުކޮށްފިއެވެ. ރޭގެ 2 ވަނަ މެޗުގައި ބައްދަލު ކުރީ ޔަންގް ބޯއީސް އަދި ޗެލްސީ މެގައެވެ. މި މެޗު 5-4 ން ކާމިޔާބު ކުރީ ޗެލްސީ މެގައެވެ.

ރޭގެ މެޗުގައި ޔަންގް ސްޓަރ އަށް ލަނޑުތައް ޖަހައިދީފައި ވަނީ އުނައިސް، ފަތުހުﷲ، ސާއިފު، ސިންދުބާތު އަދި އަރީޝްއެވެ. ރޭގެ މެޗުގައި އުނައިސް 6 ލަނޑު ޖަހާފައި ވާއިރު ފަތުހުﷲ 3 ލަނަޑު ޖަހާފައިވެއެވެ. އަދި ސާއިފު، ސިންދުބާތު، އަރީޝް މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑު ޖެހިއެވެ. ޕޮލިސް ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ ސިޔާމްއެވެ.

ރޭގެ 2 ވަނަ މެޗުގައި ޔަންގް ބޯއީސްގެ ހުސެއިން އިރުޝާދު އަދި މިމްރާހު ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. އަދި ނަހުލަމް ވެސް ވަނީ ޔަންގް ބޯއީސްއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޗެލްސީ މެގެއަށް ލަނޑުތައް ޖަހައިދިނީ މަމްޝޫޤު، މުޙައްމަދު ލުތުފީ އަދި ފަޒްލާންއެވެ.

މި ނަތީޖާ އާ އެކު ޔަންގް ސްޓާރ މިހާރު އޮތީ 9 މެޗު ކުޅެ 19 ޕޮއިންޓާ އެކު ތާވަލުގެ 2 ވަނާގައެވެ. މި މުބާރާތުގައި ބުދަ ދުވަހު ކުޅުނު މެޗު ވެސް ޔަންގް ސްޓަރ ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. މި މެޗުގައި ޔަންގްސްޓަރ ޗެލްސީ މެގަ އާ ވާދަކޮށް މެޗު ކާމިޔާބު ކުރީ 10-0 ންނެވެ.  މި މެޗުގައި ޔަންގްސްޓަރ އިން ސާއިފު 3 ލަނޑު ޖަހާފައި ވާއިރު، ފަތުހުﷲ އަދި ރިމާޒު ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. އަދި އުނައިސް، ސިންދުބާތު އަދި އަރީޝް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

ފަހު 2 މެޗުގައި ޔަންގް ސްޓަރ ބައްދަލުކޮށްފައި މި ވަނީ ޓޭބަލްގެ އެންމެ ފުލުގައި އޮތް 2 ޓީމާ ކަމުން ޔަންގް ސްޓާރ އިން މި މެޗުގައި ވަނީ ލަނޑު ޖެހުމަށް ގިނަ ކުޅުންތެރިންގެ ބޭނުން ހިފާފައެވެ.

ބުދަ ދުވަހުގެ ރޭ މިހާރު 7 މެޗު ކުޅުގެން ތާވަލުގެ 3 ވަނާފައި އޮތް ޑަބަލް އެލް ބައްދަލު ކުރީ ޔަންގް ބޯއީސް އާ އެވެ. މި މެޗު 7-4 ން ޑަބަލް އެލް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ޑަބަލް އެލްގެ މުރުޠަލޯ  4 ލަނޑު ޖަހާފައި ވާއިރު މުއީން ވަނީ 2 ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ އަލީ އަރުޝަދު ވެސް ލަނޑެއް ޖަހާފައިވެއެވެ. ޔަންގް ބޯއީސް ގެ ލަނޑުތައް ޖަހާފައި ވަނި ޝާމް 2 ލަނޑު އަދި އިރުޝާދު އާއި ނަހުލަމް ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

މި މުބާރާތުގެ 2 މެޗެއް މިރޭ ވެސް ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗުގައި ޑަބަލް އެލް ވާދަކުރާނީ އުނގޫފާރު ޕޮލިސް އާއެވެ. އަދި ތިޔަމަސް އެކްސް ވާދަކުރާނީ ޗެލްސީ މެގަ އާއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close