ޙަބަރުރ.އަތޮޅު

ރ.ފަސްމެންދޫގައި ތަރައްޤީ ކުރި އެމްރެލްޑް މޯލްޑިވްސް ރިސޯޓު އަންނަ މަހު ހުޅުވަނީ

ރ.އަތޮޅު ފަސްމެންދޫގައި ތަރައްޤީ ކުރި އެމްރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ މި ފެށޭ އޮގަސްޓް 1 ވަނަ ދުވަހު ހުޅުވުމަށް އެ ރިސޯޓުން ތައްޔާރުވެއްޖެއެވެ.

ރ.ފަސްމެންދޫގައި ތަރައްޤީ ކުރި 5 ތަރީގެ މި ރިސޯޓުގައި 60 ބީޗް ވިލާ އާއި 60 ވޯޓާ ވިލާއާ އެކު ޖުމްލް 120 ވިލާގެ އިތުރުން 4 ރެސްޓޯރެންޓު ހުރެއެވެ. މި ރިސޯޓުގެ ވިލާތައް ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ ފެންވަރަށެވެ.

މި ރިސޯޓުގެ ވިލާތައް ތައްޔާރުކޮށްފައި ވަނީ އެކި ފަންތީގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެންނެވެ. އެ ގޮތުން މި ވިލާތަކުގެ ތެރޭގައި ޕްރެޒިޑެންޝިއަލް ވިލާ ތަކާއި، ޖަކޫޒީ ވިލާ ތަކާއި ޕޫލް ވިލާތަކާއި ސްޕީރިއާ އަދި ރޯޔަލް ވިލާތައް ހިމެނެއެވެ.

މި ރިސޯޓުގެ ރެސްޓޯރެންޓުތައް ޙާއްސަކޮށްފައި ވަނީ ތަފާތު އެކި ރަހަތައް ކަމުދާ ފަރާތްތަކަށެވެ. އެ  ގޮތުން ޕީޒާ އާއި ޕާސްތާ އަށް ޙާއްސަ ބީޗް ކުލަބް ގުރިލް ރެސްޓޯރެންޓާއި އޭސިއާގެ ތަފާތު ރަހަތަކަށް ޙާއްސަ ލެ އޭޝިއާޓިކް ރެސްޓޯރެންޓާއި އެމެރިކާގެ ރަހަތަކަށް ޙާއްސަ އެމަޒޯނިކް ރެސްޓޯރެންޓު އަދި ބުރެކްފާސްޓާއި ބުފޭ ތަކަށް ޙާއްސަ އެކުއާ ރެސްޓޯރެންޓު ހިމެނެއެވެ.

މީގެ އިތުރުން 2 ޓެނިސް ކޯޓާއި 2 ޕެޑެލް ކޯޓާއެކު ތައްރާރުކޮށްފައިވާ ސްޕޯޓްސް ސެންޓަރެއް މި ރިސޯޓުގައި ހިމެނޭ އިރު މި ރިސޯޓުގައި ސްޕާ އެއްގެ އިތުރުން ޖިމަކާއި މޫދު ކުޅިވަރަށް ޙާއްސަ ޑައިވިން ސެންޓަރަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ކުޑަކުދިންނަށް ޙާއްސަ ޑޮލްފިން ކުލަބެއް ވެސް ހިމެނެވެ. ސްޕޯޓްސް ސެންޓަރުގައި ހިމެނޭ 2 ޓެނިސް ކޯޓު ތައްޔާރުކޮށްފައި ވަނީ ފުޓްސަލް އަދި ފުޓުބޯޅަ ވެސް ކުޅެވޭ ގޮތަށެވެ.

ރ.އަތޮޅުގައި މި އަހަރު މިހާތަނަށް އިތުރު 4 ރިސޯޓެއް ހުޅުވާފައި ވާއިރު މިހާރު ހަދަމުންދާ ރިސޯޓުތައް ހުޅުވުމާއެކު ރ.އަތޮޅުގައި އޮޕެޜޭޓު ކުރާ ރިސޯޓުގެ އަދަދު 20 އަށް ވުރެ ގިނަވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Say Recent comment authors
Say
Guest
Say

Thank you president yameen

Close