ޙަބަރު

އުނގޫފާރު އިރުމަތީ ފަރާތު ތޮއްޓަށް ދޯންޏެއް އަރައިފި

ދުވާފަރުން ބަޔަކު ގޮވައިގެން އުނގޫފާރަށް އައި ދޯންޏެއް އުނގޫފާރު އިރުމަތީ ފަރާތު ތޮއްޓަށް އަރައިފިއެވެ. އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތޮއްޓަށް އަރާފައި ވަނީ “ބުލޫ ސްޓާރ ދޫނި” ކިޔާ ދުވާފަރު ދޯންޏެކެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ތޮއްޓަށް އަރާފައި ވަނީ އުނގޫފާރު އިރުމަތީ ފަރާތު ނެރުން ވަދެ ބަޔަކު އުނގޫފާރަށް ބޭލުމަށް ފަހު ހަމަ އެ ނެރުން ނިކުމެގެން ދާން އުޅެނިކޮށް ޖެހި ރާޅެއްގައެވެ.

ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

އެ ދޯނި ސަލާމަތްކޮށްފައި ވަނީ އީދުގެ ތައްޔާރީތަކުގައި އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައި ތިބި ބަޔަކަށް އެކަން އެނގިގެން އެމީހުން ގޮހެވެ. ދޯނި މިހާރު ވަނީ ފުންކޮށްފައެވެ. ދޯނި ފުން ކުރުމުގައި ހަރަކާތްތެރިވި މީހަކު މަޢުލޫމާތު ދިން ގޮތުގައި ދޯނީގައި ތިބީ 2 މީހުން ކަމަށާއި އެއްވެސް މީހަކަށް އަދި ދޯންޏަށް ވެސް ގެއްލުމެއް ނުލިބެއެވެ.

ދޯނި ފުންކުރުމުގެ މަސައްކަތުގެ ތެރެއިން

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close