ޚަބަރު

މާދަމާ އެންމެން އެކުގައި ނިކުމެ އުނގޫފާރު ސާފުކުރަނީ

ކުރިއަށް އޮތް އަލްޙާ ޢީދަށް ތައްޔާރު ވުމުގެ ގޮތުން އުނގޫފާރު ސާފު ކުރުމުގެ ހަރަކާތެއް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ޢީދުގެ ކަންކަން އިންތިޒާމް ކުރުމަށް ނަގާފައިވާ ޢީދު ކޮމިޓީއާ އުނގޫފާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެންނެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8:00 ގައި އުނގޫފާރު ސްޓޭޖް ސަރަހައްދުންނެވެ. މިކަމުގައި އުނގޫފާރުގެ ހުރިހާ މުއައްސަސާތަކުން ބައިވެރިވާ އިރު ވީހާ ވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަކީ ޢީދު ކޮމެޓީގެ ވަރަށް ބޮޑު އެދުމެކެވެ.

ޢީދު ކޮމެޓީން މަޢުލޫމާތު ދޭ ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގުރޫޕުގެ މަސައްކަތަކީ ރަށުގެ އެކި ތަންތަނަށް ޖަމާވެފައިވާ ހިކި ފަން ހޮވުމެވެ. އަދި މި ފަންތައް ބޭނުން ކުރާނީ ޢީދު ވިލޭރޭ އޮންނަ ޢީދު ހުޅު ރޯކުރުމުގެ ހަރަކާތުގައެވެ.

ދެވަނަ ގުރޫޕުގެ މަސައްކަތަކީ ރަށުގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ގިނަ ދުވަސްވެފައިވާ ތަކެތި ނަގާ ސާފު ކުރުމެވެ. އަދި 3 ވަނަ ގުރޫޕުން ކުރިއަށް ގެންދާނީ މުޅި ރަށުތެރެ ސާފުކުރުމެވެ.

ބޮޑު ޢީދުގެ ތައްޔާރީތައް ޢީދު ކޮމިޓީއާ އުނގޫފާރުގެ ޒުވާނުން ގުޅިގެން ވަރަށް ބާރަށް ކުރިއަށް ގެންދާ އިރު މިފަރުގެ ޢީދު ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި ފޯރި ގަދަ ވާނެ ކަމަށް ޒުވާނުން ބުނެއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close