ޙަބަރު

ރަށުތެރެ ސާފުކުރުމަށް ކުރިއަށްގެންދާ “ނަލަ އުނގޫފާރު” ހަރަކާތް ފެށިގެން ކުރިއަށް ދަނީ

ޢީދު ކޮމިޓީ އިން އިސްނަގައިގެން އުނގޫފާރުގެ ހުރިހާ މުވައްސަސާތަކާ ޒުވާނުންނާއި ކުދިބޮޑު އެންމެން ގުޅިގެން ކުރިއަށް ގެންދާ ރަށުތެރެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާ ގޮތުގެ ލައިވް ކަވަރޭޖަށް މަރުހަބާ. މި ހަރަކާތް މިއަދުގެ ހެނދުނުގެ 8:00 ގައި އުނގޫފާރު ސްޓޭޖު ސަރަހައްދުން ފެށިފައި ވާއިރު މި ހަރަކާތް ކުރިއަށް ގެންދަނީ 3 ގުރޫޕަކަށް ބަހާލައިގެން. ފުރަތަމަ ގުރޫޕުން ރަށުގެ އެކި ތަންތަނަށް ޖަމާވެފައިވާ ހިކިފަން ހޮވުމަށް ހަމަޖެހިފައިވާއިރު މި ފަންތައް ބޭނުން ކުރާނީ ޢީދު ހުޅު ރޯކުރުމަށް. 2 ވަނަ ގުރޫޕުން ރަށުގެ މަގުތަކުގަ އާއި އެކި ތަންތަނުގައި ބެހެއްޓި ގިނަ ދުވަސްވެފައިވާ ކުނިތައް ނަގަން ހަމަޖެހިފައި ވާއިރު 3 ވަނަ ގުރޫޕުގެ މަސައްކަތަކީ މުޅި ރަށުތެރެ ސާފުކުރުން.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close