ޙަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން ހޯދަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި،  އަދި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރުން ހޯދަންވެސް އިއުލާނު ކޮށްފައިވެއެވެ.

އުނގޫފާރު ރީޖަނަލް ހޮށްޕިޓަލުގެ އިތުރުން އަނެއް ދެހޮސްޕިޓަލަށްވެސް ހޯދަން އިއުލާނުކޮށްފައިވަނީ ދިވެހިން ޑޮކްޓަރުންނެވެ. އަދި މިއީ ދާއިމީ މަގާމުތަކެކެވެ. މި އިއުލާނުގައި ބުނެފައިވާ ގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 18 ދާއިރާއަކަށް ޖުމްލަ 21 ޑޮކްޓަރުން ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ އަންނަ 05 އޮގަސްޓް ވަނަ ދުވަހުގެ 13:30 ގެ ކުރިން، މަސައްކަތް ކުރުމަށް ބޭނުންވާ ހޮސްޕިޓަލަކަށެވެ. އަދި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، އޮގަސްޓް މަހުގައި ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ގައި ކަމަށް އެ އެއުލާނުގައި ވެއެވެ.

އިއުލާނާއި ގުޅޭ އިތުރު ތަފްސީލް މި ލިންކުން ލިބިވަޑައި ގަންނަވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close